ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރިޔަސް، އެ އެއާޕޯޓުގެ ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށާއި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު އެ ތަނުގައި ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރިޔަސް، އެ އެއާޕޯޓުގެ ހިންގުމާއި މިލްކުވެރިކަން ވެސް އޮންނާނީ ދިވެހި ސަރުކާރުގައި ކަމަށާއި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު އެ ތަނުގައި ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ އުތުރުގެ ތިން ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަނިމާދު އަށް މިއަދު ވަޑައިގެން، އެ ރަށުގެ އެއާޕޯޓަށް އިތުރުކުރާ ބިމާ ބެހޭ ގޮތުން ބަޔަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގެ އެހީތެރިކަމާއެކު، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު، އެ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހަނިމާދޫގައި އިންޑިއާގެ ސިފައިންގެ ފައުޖެއް ބައިތިއްބަން ހަމަޖައްސާނެ ކަމުގެ ބިރެވެ. ނަމަވެސް ރައީސްގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކަން އެގޮތަށް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގެ މައިގަނޑު ބޭނުންފުޅަކީ ވެސް ރައީސް އޮފީހުން ބުނިގޮތުގައި، ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިމުގެ މައްސަލައިގައި އެ ރަށުގެ ރައްޔިތުން އެދޭ ގޮތް ބެއްލެވުމެވެ.
ރައީސް ވިދާޅުވިގޮތުގައި، ރާއްޖޭގެ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާ ފަދަ ކަމެއް އެ މަނިކުފާނުގެ ސަރުކާރަކުން ނުކުރާނެ އެވެ. އަދި ކުރިމަގުގައި އަންނަ ސަރުކާރުތަކުން ވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެއްލެވުމުގެ ބޭނުންފުޅަކީ އެ މީހުންނަށް އެންމެ ފައިދާވާނެ ގޮތަކަށް ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ، ހަނިމާދޫ ބެއާފޫޓް ހޮޓަލުގައި އޮތް ބައްދަލުވުމުގައި ބައިވެރިވި މީހުން ހުށަހެޅި ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ.
"އެގޮތުން ހާއްސަކޮށް އެމްއެންޑީއެފް އަށް ހާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދު އަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއް ކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ރައްޔިތުންގެ ކަންބޮޑުވުމަކީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ސަރުކާރުން ބޭނުންވާ މައްސަލަ އެވެ. އެއީ އެ ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރެވޭ ވަރުގެ ބޮޑު ސަރަހައްދަކަށް ވާތީ އެ ކަންބޮޑުވުން ފެށުނީއްސުރެ އޮތެވެ.
ހަނިމާދޫގެ ބައެއް މީހުންނާއެކު ބޭއްވި ބައްދަލުވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ރަށުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި ދެ ފަރާތަށް އެއްބަސްވެވުނު ގޮތަށް އެއާޕޯޓުގެ ބިމުގެ މައްސަލަ ހައްލު ކޮށްދެއްވައިފަ އެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ޝަމީމް "މިހާރު" އަށް ވިދާޅުވީ ރަށުގެ ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ މާލީ ގޮތުން ރަށަށް މާ ބޮޑު ފައިދާތަކެއް އެ މަޝްރޫއުން ނުވާއިރު، ބޮޑު ބިމެއް ދިނުމާއި އެންމެ ޕްރައިމް ލޮކޭޝަނުން ބިމެއް ނަގަން އުޅޭ މައްސަލަ ކަމަށެވެ.
އެ ޝަކުވާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ހިއްސާ ކުރުމަށް ފަހު، ކުރިން ބިން ނަގަން އުޅުނު ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް އެތަން ބަދަލު ކުރަން އެ މަނިކުފާނު އެއްބަސްވެވަޑައިގަތް ކަމަށް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް ބިމުގެ ސައިޒަށް އެއްވެސް ބަދަލެއް ގެންނަން ނުނިންމުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑު ބިމެއް ދޭތީ ވެސް ކަންބޮޑުވޭ. އެކަމަކު ދެ ފަރާތުން ވެސް ދޫތަކެއް ދީގެން މައްސަލަ ހައްލު ކުރެވޭނީ. ސަރުކާރުން އެއްބަސްވީ ލޮކޭޝަން ބަދަލު ކޮށްދޭން. އެއީ ގެދޮރު އެޅުމުގެ ފުރުސަތު އޮތް ޕްރައިމް ލޮކޭޝަނެއް މި ސަލާމަތް ކުރެވުނީ،" ޝަމީމް ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުއްޓާއި ކުމުންދޫ އަދި ހަނިމާދު އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސްގެ ދެކަނބަލުން މިރޭ ވަނީ މާލެ ވަޑައިގެންފަ އެވެ.
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ
އުފާވެރި ދިރިއުޅުމެއް އޮތީ ދަރަނި ނަގައިގެން: ފައްޔާޒު
ރައީސްގެ ބައްދަލުވުމާއެކު މައްސަލަ ހައްލުވެއްޖެ
އެއާޕޯޓު ތަރައްގީގެ ކަންބޮޑުވުމާއެކު ރައީސަށް ޕެޓިޝަނެއް
ހަނިމާދޫ އެއާޕޯޓަށް 853،937 އަކަފޫޓުގެ ބިމެއް!
ހަނިމާދޫ އެއާޕޯޓް ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި
ހަނިމާދޫ އަކީ ޓޫރިޒަމްގެ އިންޖީނަކަށް ވާނެ: އިންޑިއާ
ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ސާވޭ ފަށައިފި