ގދ. އަތޮޅުގައި މީގެ 15 އަހަރު ކުރިން ހަދަން ފެށި ވަޓަވަށްރެހާ ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.
07 ޖޫން 2021
ގދ. އަތޮޅުގައި މީގެ 15 އަހަރު ކުރިން ހަދަން ފެށި ވަޓަވަށްރެހާ ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.
ވިޔަފާރިވެރިޔާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ތަރައްގީ ކުރާ މި ރަށުގައި 400 އެނދު ތަރައްގީ ކުރާނެ އެވެ.
މިހާރު ވެސް މި ރަށަށް 115 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ކުރިއަށް ހުރި މަސައްކަތްތަކަށް އިތުރު 60 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.
ޖާބިރު ވިދާޅުވީ، ކޮންސްޓްރަކްޝަންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި އެ ރަށް ތަރައްގީ ކުރާނީ ވެލްނެސް ރިސޯޓެއްގެ ގޮތުގައި ކަމަށެވެ. ވަޓަވަށްރެހާއާ އެކު، ހުވަދު އަތޮޅުގެ ޓޫރިޒަމަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަސް ތަރީގެ މި ރިސޯޓުގެ 75 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިިމިފަ އެވެ.
ޖާބިރު އަންނަނީ ވ. ބޮޑުމޮހޮރާގައި ވެސް 100 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ. ވަކި ގޮތެއް ނުނިމި ހަތް އަހަރު ހޭދަވުމަށް ފަހު ޖާބިރަށް އެންމެ ފަހުން ބޮޑުމޮހޮރާ ލިބުނީ މިދިޔަ އަހަރު އެވެ.
ޔޮޓް ޓުއާސް އަތުން ބީނާފުށި އަތުލީ ރަނގަޅަށް:ހައިކޯޓް
"ޑްރީމް ލޭންޑް" އާއި "ބީޗް ކްލަބް" ހުޅުވަނީ
ކުޑަރަށް ލަންކާގެ ކުންފުންޏަކަށް ވިއްކާލައިފި
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް