Roadha Mihaaru
ކުޑަރަށް ލަންކާގެ ކުންފުންޏަކަށް ވިއްކާލައިފި

ކުޑަރަށް ރިސޯޓް ލަންކާގެ ކުންފުންޏަށް 23 މިލިއަން ޑޮލަރަށް ވިއްކާލައިފި

19 ޖުލައި 2016

ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސްއިން އދ. އަތޮޅުގައި ހިންގި ކުޑަރަށް ރިސޯޓު ސްރީލަންކާގެ ކުންފުންޏަކަށް 23 މިލިއަން ޑޮލަރު (354.6 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އެންޑް ރިސޯޓްސްއިން އދ. އަތޮޅުގައި ހިންގި ކުޑަރަށް ރިސޯޓު ސްރީލަންކާގެ ކުންފުންޏަކަށް 23 މިލިއަން ޑޮލަރު (354.6 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ލަންކާ ބިޒްނަސް އޮންލައިން ނޫޙުގައި ބުނެފައި ވަނީ އެ ރިސޯޓު ގަނެފައި ވަނީ އެ ގައުމުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ހޭލީސް ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ލަގްޒަރީ ރިސޯޓް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ މަޝްހޫރު ޑައިވިން އޭރިއާއެއް ކަމަށްވާ ކުޑަރަށް ތިލަ ކައިރީގައި އޮންނަ 51 ވިލާގެ ރިސޯޓް އަލުން ހިންގާނީ އާމާޔާ ކުޑަރަށް ރިސޯޓް މޯލްޑިވްސްގެ ނަމުގައި ކަމަށެވެ. އަދި އެ ރިސޯޓް ހިންގާނީ "އަމާޔާ ލެޝާ" ކިޔާ ބަޔަކާ ހަވާލުކޮށްގެން ކަމަށް ވެސް ބިޒްނަސް އޮންލައިން ނޫހުގައި ބުނެފައިވެ އެވެ.

މާލެއިން ފުރައިގެން ވައިގެ މަގުން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ރިސޯޓް މަރާމާތުކުރުމަށްފަހު އަލުން ހުޅުވާފައި ވަނީ 2014 ވަނަ އަހަރު އެވެ.