21 ނޮވެމްބަރ 2016
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިއްމު އެއް އަސާސަކީ މިނިވަން މުސްތަގިއްލު ފަނޑިޔާރު ގެއެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވަގުތީ އަމުރެއް ނެރެދީފައި ވަނިކޮށެވެ. އެ އަމުރުގައި، އެ މައްސަލާގައި ގޮތެއް ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ރީ-ރެޖިސްޓްރޭޝަން ފަސްކުރަން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަންގައިފަ އެވެ. އަމުރާ އެކު، އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަން ވަކި މުއްދަތެއް ނެތް ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަލުން ހުޅުވާލައިފަ އެވެ.
Democratic nizaameh ge emme muhimmu eh asaasakee minivan musthaqillu fan'diyaaru ge eh. Emme furathama qawmu.
— Maumoon Abdul Gayoom (@maumoonagayoom) November 21, 2016
މައުމޫން ކުރެއްވި ޓުވީޓް.
މިނިވަން ފަނޑިޔާރުގެއެއް މުހިއްމު ކަމަށް ވިދާޅުވެ މައުމޫން ޓުވީޓްކުރެއްވިއިރު، ޕީޕީއެމްގައި އެމަނިކުފާނު އަދާކުރައްވާ ޒިންމާތައް، ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ސިވިލް ކޯޓުން ހަވާލުކުރިި ނަމަވެސް އެއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގައި ބާރުތައް ވަކިވެފައި އޮންނަން ޖެހުނު ނަމަވެސް ހުރިހާ ބާރުތަކެއް އެއްވެ، ހުރިހާ ބާރުތަކެއްގައި ވެސް ހިނގަނީ އެއް ބޭފުޅެއްގެ ނުފޫޒު ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، ޕީޕީއެމް ހިންގަން ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރުމަށް ފަހު އިންތިހާބަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނެތުމުގެ އިތުރުން ޕާޓީގެ ޑޭޓާ ބޭސް އާއި އާއްމު މެމްބަރުންގެ ދަފްތަރު ވެސް ނެތުމާއި އަދި އެހެން ވެސް މުހިއްމު ލިޔެކިޔުންތަކެއް ޕާޓީގައި ނެތް ކަމަށް އެ ޕާޓީން ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށެވެ. މި ހާލަތުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް މައްސަލައިގައި ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ. އެ ހާލަަތަށް ރިއާޔަތްކުރާއިރު "ހާލަތު ޟުރޫރަތެއް" ކުރިމަތިވެފައިވާ ކަމަށް ސިވިލް ކޯޓުގެ ވަގުތީ އަމުރުގައިވެ އެވެ. އަދި ޕީޕީއެމުން ހުށަހެޅި މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ރީ-ރެޖިސްޓްރޭޝަންގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ތާރީހަށް އަމަލުކުރުން ފަސްކުރަން ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަމުގެ ލިޔުމެއް ނުލިބުނު
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
ޕީޕީއެމަށްޓަކައި އިންތިޚާބު ފަސްކުރަން ޖެހޭތަ؟
މައުލޫމާތު ގާނޫނުގެ ދަށުން ރައީސް ކަމުގެ ލިޔުން ހޯދަނީ
ޕީޕީއެމްގެ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އިންތިޚާބުގެ މައްސަލައަށް މައުމޫން ވެސް ވަދެވަޑައިގެންފި
ޕީޕީއެމްގެ އާ ރަޖިސްޓްރީއާ މެދު ސުވާލު އުފެދިއްޖެ!
ރައީސް ޔާމީން ފެކްޝަންގެ ޕްރައިމަރީ މި މަހު 25 ގައި