Roadha Mihaaru
ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމަށް މައުމޫން އެދިވަޑައިގެންފި

ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިއުމަކަށް މައުމޫން އެދިވަޑައިގެންފި

22 ނޮވެމްބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިއުމެއް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިއުމެއް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އިލެކްޝަންސް ކޮމިޝަނުގައި އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ލިއުމެއް ބޭނުންވަނީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ލިއުން ބޭނުންވާތީ ކަމަށެވެ. މި ލިއުމުގެ އިތުރުން، ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ވެސް ލިބޭނެ ގޮތް ހައްދަވައިދެއްވަން މައުމޫން އެދިވަޑައިގެންނެވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ހައްލު ނުވެ ކޯޓަށް މައްސަލަ ހުށަހެޅުމުން، ޕީޕީއެމްގެ ރައީސް އަދާކުރައްވާ ހުރިހާ ޒިންމާތައް ޕާޓީގެ މުސްތަޝާރު، ރައީސް ޔާމީނާ ވަނީ ހަވާލުކޮށްފަ އެވެ. މި އަމުރާ އެއްގޮތަށް، ޕާޓީގެ ހުރިހާ ކަމެއް މިހާރު ހިންގަވަނީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ.

ކުރިން ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި ހުރިހާ މުދަލާއި ތަކެއްޗެއް ވެސް ވަނީ ރައީސް ޔާމީން ފެކްޝަނަށް ބަދަލުކޮށްފަ އެވެ. ތެމާގައި މިހާރު ހިންގަނީ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސްކޮޅެވެ.