Roadha Mihaaru
އިންތިގާލީ އިންސާފުގެ އޮފީހުން ކެމްޕެއިނެއް ފަށަނީ

އިންތިގާލީ އިންސާފުގެ އޮފީހުން ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެއް ފަށަނީ

09 ޖޫން 2021

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މި މަހު ހުޅުވައިލާއިރު، އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ މީހުންނާއި އާންމުން ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިނެއް ފަށަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު މި މަހު ހުޅުވައިލާއިރު، އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ މީހުންނާއި އާންމުން ހޭލުންތެރިކުރުމުގެ ޚާއްސަ ކެމްޕެއިނެއް ފަށަން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ އޮފީހުގެ އިސްވެރިން ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޮމްބަޑްސްޕާސަންގެ އޮފީހުން ޑިރެކްޓަރު އަދި މި ކެމްޕެއިން ހަރަކާތްތައް އިންތިޒާމުކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ، ފާތިމަތު ނަފްހަތު އިއްޔެ ވިދާޅުވީ، ކެމްޕެއިންގެ ބޭނުމަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން އެ ގާނޫނާއި އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މި ކެމްޕެއިންގެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދަން ރާވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އަދި މި ކެމްޕެއިން ކުރިއަށް ގެންދަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ [މި ކެމްޕެއިނުން] ވީހާ ވެސް ގިނަ ބަޔަކަށް މި އޮފީހުގެ މަސްއޫލިއްޔަތުތަކާއި އިހުތިސާސްތަކާ ގުޅޭ މައްސަލަތައް އަދި އޮފީހުގެ ހިދުމަތްތައް ހޯދާނެ ގޮތްތައް ކިޔައި ދިނުން،" ނަފްހަތު ވިދާޅުވި އެވެ.

"މި ވަގުތު މި ފަށާ ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ އަޅުގަނޑުމެން މައްސަލަތައް ހުށަހަޅަން ހުޅުވާލާއިރު، އޮފީހަށް މައްސަލަ ހުށަހަޅާނެ ގޮތްތަކަކީ ކޮބައި ކަމާއި ހުށަހެޅޭނެ މައްސަލަތަކަކީ ކޮބައި ކަމާ ގުޅޭ މައުލޫމާތު ހިއްސާރުކުން."

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: އޮމްބަޑްސްޕާސަން އޮފީސް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: އޮމްބަޑްސްޕާސަން އޮފީސް

އިންތިގާލީ އިންސާފަކީ ކޮބައި ކަމާއި މި ގާނޫނުގެ ދަށުން ބެލޭނީ ކޮން ކަހަލަ މައްސަލަތަކެއް ކަމާއި އަދި އެ މައްސަލަތަކަށް ހޯދައިދެވޭނީ ކޮން ކަހަލަ ހައްލުތަކެއް ކަން އާންމުންނަށް ސާފުކޮށްދިނުމަކީ ވެސް މި ކެމްޕެއިންގެ އަމާޒެކެވެ.

އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށެވެ.

މި ކެމްޕެއިންގައި ކުރަން ރޭވިފައި ހުރި ކަންކަމަކީ؛

- އޯޑިއޯ އަދި ވީޑިއޯ ސްޕޮޓްތަކެއް ޒަރީޔާއިން މައުލޫމާތު ފޯރުކޮށްދިނުން.

- ލީފްލެޓެއް ތައްޔާރުކޮށް ދައުލަތުގެ އެކި އިދާރާތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، ލީފްލެޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.

- ޓީވީ އާއި ރޭޑިއޯ އަދި އޮންލައިން ނޫސްތައް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން.

- ދައުލަތުގެ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް.

- މަދަނީ ޖަމިއްޔާތަކާއި މީޑިއާ ހޭލުންތެރިކުރުމުގެ ޝެޝަންތަކެއް.

"ވަރަށް ގިނަ ދުވަސްވީ މައްސަލަތަކެއް، ވަރަށް ސެންސިޓީވް ވާހަކަތަކެއް ވެސް މި މައްސަލަތަކާ އެކީގައި ފެންމަތިވާނެ ކަމަށް ބެލެވޭތީ، އަޅުގަނޑުމެން ބޭނުންވަނީ އާންމުން ހޭލުންތެރިކުރުމަށް ފަހު މި މައްސަލަތަކާ އެކީގައި ކުރިއަށް ދާން،" ނަފްހަތު ވިދާޅުވި އެވެ.

Inthigaalee insaafuge offeehah massala hushahalhan mi mahu 13 gai hulhuvaalanee

Inthigaalee insaafuge offeehah massala hushahalhan mi mahu 13 gai hulhuvaalanee

The most trusted news source in the Maldives

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމަށް މި މަހު 13 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭންޖެހެ އެވެ.

ބިލް ފާސްކުރަން މަޖިލީހަށް ފުރަތަމަ ހުށައެޅިއިރު އޮތީ 2012 އިން 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020 ގައި އެ ބިލް ފާސްކުރީ އެ އަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

މިހާ ފުޅާކޮށް، ގާނޫނުން ފުރުސަތު ލިބުމުގެ މާނަ އަކީ ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.