24 ޖޫން 2020
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯ އިން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓެއް ކުރީގެ ރައީސް މުހައްމަދު ވަހީދު ފައިސާ ދެއްވައިގެން ބައްލަވައިގަތުމަށް ފަހު، އެ ފޮރުވައިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނީ، ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ވަހީދު ބައްލަވައިގެންނެވީ ދައުލަތުގެ ފައިސާއިން ކަމަށެވެ. އެކަން އޭރުގެ ބަންޑާރަނައިބު އާޒިމާ ޝުކޫރާއި އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ފަޒީލް ނަޖީބަށާއި އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައި ތުހުމަތު ކޮށްފައި ވެ އެވެ.
އެ މައްސަލަ ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ބެހޭ ރިޕޯޓު ނެރެން އޮތީ ފެބްރުއަރީ 7، 2012 ގައި ކަމަށެވެ. އެއީ އެ ދުވަހު ހިންގި ހަމަނުޖެހުންތަކާ އެކު، އެ މަނިކުފާނު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހެވެ.
މޯކޮމް މައްސަލައިގައި ވަހީދާ ގުޅޭ ކަމެއް ރައްޔިތުންގެ މަޖިލީހަށް މި ފެންމަތިކުރީ، އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރަކަށް އެ މަނިކުފާނު އައްޔަން ކުރިތާ އެއް ދުވަސް ފަހުންނެވެ.
ފަލާހް ހުށަހެޅުއްވި މައްސަލައިގައި ތުހުމަތު ކުރައްވާފައި ވަނީ އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑުން ހިންގި ތެލުގެ ވަގު ވިޔަފާރީގައި ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދަން ބޭރުގެ އެކައުންޓިން ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވައިލި ރިޕޯޓު ވަހީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ދައުލަތުގެ ފައިސާއިން ބޮޑު ހޭދައެއް ކުރައްވައިގެން "ގަނެލާފައިވާ" ކަަމަށެވެ. އެ ރިޕޯޓު ފޮރުވާފައިވާ ކަމަށް ތުހުމަތުކޮށް، އެ ހޯދައި މަޖިލީހަށް ހުށަހަޅަން އެ މައްސަލައިގައި ގޮވައިލި އެވެ.
"މިތަނަށް ހުށަހެޅިފައި ވަނީ ނާޒާއިޒް ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރެވިފައިވާ ކުންފުންޏަށް 10 މިލިޔަން ޑޮލަރު ދީ، އެ ތަހުގީގު ހުއްޓުވައިލި ސަބަބާ ގުޅޭ ގޮތުންް ހުށަހެޅިފައިވާ މައްސަލައެއް،"--- ނަޝީދު
ފަލާހް ވިދާޅުވި ގޮތުގައި، ފެބްރުއަރީ 7، 2012 ގައި ވަހީދު ވެރިކަަމަށް ވަޑައިގެން އެ ރިޕޯޓު "ގަނެލީ" އެކަމަށް ހަރަދުކުރި ވަރެއް ހާމަ ނުކުރައްވައި ވަރަށް ސިއްރިއްޔާތުގަ އެވެ. އެ އަށް ފަހު އެ ރިޕޯޓު ފޮރުވާފައިވާ ކަމަށާއި އެއީ ވައްކަމެއް ކަަމަށް ވެސް މައްސަލައިގައި އޭނާ ތުހުމަތު ކުރެއްވި އެވެ.
އެކަން ހިނގައި ދިޔަ ގޮތް ފަޒީލް ނަޖީބަށާއި ޖިހާދައި އާޒިމާ އަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންވެ އެ ބޭފުޅުންނާ ސުވާލުކޮށްގެން ރިޕޯޓު ހޯދައި މަޖިލީހަށް ހުށަހަޅަން ސަރުކާރަށް ގޮވައިލެއްވި އެެވެ.
މައްސަަލަ މަޖިލީހަށް ބަލައިގަނެ ކުރި ބަހުސްގައި ފަލާހު ވިދާޅުވީ، އެއީ ވަރަށް އިސްކަންދީގެން ބަލަން ޖެހޭ މައްސަލައެއް ކަމަށާއި މޯކޮމް މައްސަލައާ ގުޅިގެން ހިންގި ތަހުގީގުގެ ރިޕޯޓް މިހާތަނަށް ފެނިފައި ނުވާ ކަަމަަށެވެ.
"އަޅުގަނޑުމެންނަކަށް ލަފައެއް ނުކުރެވޭ އިއްޒަތްތެރި ރައީސަށް ވެސް އެ ރިޕޯޓް ފެނިވަޑައިގެންފައި އޮންނާނެ ކަަމަކަށް. ބަޣާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ބަދަލުކޮށް މުހައްމަދު ވަހީދު ހަސަން މަނިކު އިސްކޮށް ހުންނަވައިގެން ހިންގަވާފައިވާ ވަރަށް ބޮޑު ޖަރީމާއެއް މިއީ އިނގޭތޯ،" ފަލާހް ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް ނަޝީދު ވެސް އެކި ފަހަރު މަތިން ވާހަކަފުޅު ދެެއްކެވި އެވެ. އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި މޯކޮމް މައްސަލައިގެ ތަހުގީގު ވަކި ހިސާބަކަށް ގޮސްފައި ވަނިިކޮށް، އެ ތަހުގީގު ހުއްޓުވައިލީ 10 މިލިއަން ޑޮލަރު ދީގެންނެވެ.
ސެޕްޓެމްބަރު 16، 2010 ގައި ތައްޔާރުކޮށް، ސަރުކާރަށް ފޮނުވި އެ ރިޕޯޓުގައި ބުނެފައި ވަނީ އެސެޓްތަކަށް ވީނުވީ ގޮތް ބަލައި ތަހުގީގު ކުރުމަށް އޭރުގެ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާޗް 23، 2010 ގައި ކަމަށެވެ. އެ އެސެޓް ރިކަވަރީގެ ދަށުން ކުރުމަށް ހަމަޖެހިފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލާއާ ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް ތުހުމަތުކޮށް، އޮޑިޓާ ޖެނެރަލް 2007 އަދި 2008 ވަނަ އަހަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައް ބެލުމެވެ.
"މިތަނަށް ހުށަހެޅިފައި ވަނީ ނާޒާއިޒް ތެލުގެ ވިޔަފާރީގެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުކުރެވިފައިވާ ކުންފުންޏަށް 10 މިލިޔަން ޑޮލަރު ދީ، އެ ތަހުގީގު ހުއްޓުވައިލި ސަބަބާ ގުޅޭ ގޮތުންް ހުށަހެޅިފައިވާ މައްސަލައެއް،" ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނާއި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަނީލޯންޑަރިންގެ ކުށް ސާބިތުވެ މިދިޔަ ނޮވެމްބަރު މަހު ކޮޅުން ފެށިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެސްޓީއޯ ސިންގަޕޫރު ކުންފުނި މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިކުރި ކަމަށް ބުނެ ތަހުގީގުކުރުމަށް ގްރާންޓް ތޯންޓަން ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރީ ނަޝީދުގެ ވެރިކަމުގަ އެވެ.
އެ މައްސަލައިގެ ރިޕޯޓެއް އޭރުގައި އާއްމު ވެސް ވި އެވެ.
ސެޕްޓެމްބަރު 16، 2010 ގައި ތައްޔާރުކޮށް ސަރުކާރަށް ފޮނުވި އެ ރިޕޯޓުގައި ބުނެފައި ވަނީ އެސެޓްތަކަށް ވީނުވީ ގޮތް ބަލައި ތަހުގީގު ކުރުމަށް އޭރުގެ ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާޗް 23، 2010 ގައި ކަމަށެވެ. އެ އެސެޓް ރިކަވަރީގެ ދަށުން ކުރުމަށް ހަމަޖެހިފައި ވަނީ މައުމޫނާއި މައުމޫންގެ އާއިލާއާ ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް ތުހުމަތުކޮށް، އޮޑިޓާ ޖެނެރަލް 2007 އަދި 2008 ވަނަ އަހަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައް ބެލުމެވެ.
ރިޕޯޓްގައި ބުނެފައި ވަނީ އެސްޓީއޯ ސިންގަޕޫރު ކުންފުނީގެ އާމްދަނީ ދައްކާ ގޮތުން 2001 ން 2002 އަށް އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި 2005 ވަނަ އަހަރާ ޖެހެންދެން ގާތްގަނޑަކަށް އަހަރަކު 100 މިލިއަން ސިންގަޕޯ ޑޮލަރުގެ ވިޔަފާރި ކޮށްފައިވާ ކަމަށެވެ. އަދި 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ދެމެދު ވިޔަފާރި ވަރަށް ބޮޑަށް ދަށްވެ، ގާތްގަނޑަކަށް 17 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށް ބުނެފައިވެ އެވެ.
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
މޯކޮމް މައްސަލަ އަނެއްކާ ވެސް ރިވިއުކުރަނީ
ވެރިކަން ވައްޓާލީ ތެޔޮރިޕޯޓް ނެރެން އޮތްދުވަހު: ނަޝީދު
މޯކޮމް މައްސަލައިގެ ރިޕޯޓްތައް އޭސީސީގައި ވާނެ: އުޝާމް
ވަހީދު މަޖިލީހަށް ހާޒިރުކުރަން ގޮވާލައިފި
ވެރިކަން ވައްޓާލީ ޑްރަގުގެ ބޮޑުންނާ ގުޅިގެން: އިލްޔާސް
ބޮޑެތި ފާޑުކިޔުންތަކާ އެކު ނަޝީދަށް މަލާމާތް!
ނަޝީދުގެ ވިސްނުންފުޅާ މައުމޫނު، ވަހީދު ދެކޮޅު
ކުރީގެ ރައީސުން އިނާޔަތް ދޫކޮށްލައްވާ: ސަލީމް
ކުރީގެ ރައީސުން ކުރިމަތިލިޔަ ނުދޭން ތާއީދެއް ނުކުރަން