ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރީގެ ރައީސް އަދި އޭރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ޖެހުނު މައްސަލަތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިބުރަތް ހޯއްދަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
05 އޯގަސްޓް 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރީގެ ރައީސް އަދި އޭރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ޖެހުނު މައްސަލަތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިބުރަތް ހޯއްދަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމް މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވިއިރު، އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދާ ދެމެދު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ޕާޓީގެ ތެރޭގައި އެ ދެ ބޭފުޅުންގެ ދެ ފެކްޝަނެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވި ކަން ވެސް ނަޝީދު ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ކުރައްވަން އުޅުއްވި އެއް ކަމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު އެމްޑީޕީން ކޯލިޝަން ހެދުމަށް ބާރު އެޅުމެވެ.
ގާސިމް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ދެބޭފޫޅުންގެ މެދުގައި އުފެދިފައިވާ މައްސަލަގަނޑު އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އެހެންވެ އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަގަނޑުން އިބުރަތް ލިބިގަނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު މަސައްކަތްޕުޅުން ކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.
"މައުމޫން އެ ގޮތަށް އުޅުއްވީމާ ކަންތައް ވީ ގޮތް ދެ ބޭފުޅުން ވެސް ބަލަންޖެހޭ. ރައީސް އިބޫ ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ރައީސް ނަޝީދާ މެދު ކަންތައް ކުރެވޭ ގޮތަކުން ނަތީޖާ އަންނާނީ ކިހިނެއްކަން،"--- ގާސިމް
"އެކަން އެގޮތަށް ވާނެއެކޭ އަޅުގަނޑު ދަންނަވަނީކީ ނޫން. އެކަމަކު ކޮވިޑުގެ މި ބަލިމަޑުކަމުން ކިރިޔާ އަރައިގަނެވޭ އިރަށް ރައީސް އިބޫއާ ދިމާކޮށްލައިގެން އެމްޑީޕީގެ ބައެއް ބޭފުޅުން އަމިއްލަ އެދުން ކުރިއަށް ނެރުއްވައި އެ އުޅުއްވާ އުޅުއްވުން އަޅުގަނޑު ބަލައެއް ނުގަންނަން. ރައީސް ނަޝީދު ވެސް ވިސްނަވަން ވާނެ އެގޮތަށް ކަންތައް ކުރައްވައިގެން ލިބިވަޑައިގަންނަވާނެ ވަކި މޮޅެއް ނޯންނާނެކަން. މާޒީ އަށް ބަލަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
މަޖިލިހުގައި އިދާރާގައި އޮތް ރަސްމިއްޔާތެއްގައި މަޖިލިހުގެ އޭރުގެވރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވިގޮތުގައި، ހަމަ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ކަންކަމަށް ސަމާލުކަން ދެއްވަން ޖެހެ އެވެ.
"މައުމޫން އެ ގޮތަށް އުޅުއްވީމާ ކަންތައް ވީ ގޮތް ދެ ބޭފުޅުން ވެސް ބަލަންޖެހޭ. ރައީސް އިބޫ ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ރައީސް ނަޝީދާ މެދު ކަންތައް ކުރެވޭ ގޮތަކުން ނަތީޖާ އަންނާނީ ކިހިނެއްކަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ)، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ--- ފޮޓޯ: މަޖިލިސް
ޔާމީންގެ ވެރިކަމުގައި މައުމޫނާ ދެ ބޭފުޅުން މެދުގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން މައުމޫން އަތުން ޕީޕީއެމް "ބީވެ" އެ ޕާޓީގެ ބާރު ޔާމީންގެ އަތްޕުޅަށް ގެންނެވި އެވެ. އޭގެ ބަދަލުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތްޕުޅު ފައްޓަވައި، އެމްއާރުއެމްގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަަދު ނަދީމް ވެސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލި އެވެ. މި ހުރިހާ ކޯޅުމުގެ ތެރެއިން މައުމޫން ސީދާ މަސައްކަތްޕުޅު ކުރެއްވީ ޔާމީންގެ ވެރިކަމާ ދެކޮޅަށެވެ. އަދި ޕީޕީއެމްގައި އޭރު ތިއްބެވި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޔާމީން ދޫކުރައްވައި މައުމޫންގެ ފަޅިއަށް އަރާވަޑައިގެން ޔާމީންގެ ސަރުކާރު ބަލިކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް، 2018 ގެ އިންތިހާބުން އެ މަނިކުފާނު ބަލިވީ އޭގެ ނަތީޖާއެއްގެ ގޮތުންނެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން "ތަޅާފޮޅަށް" އަދި މާ އަވސް ކަމަށާއި ކޮވިޑުން ރަނގަޅަށް އަރައިނުގަނެވިގެން އުޅޭއިރު އެފަދަ ކަމެއް ފަށައިފި ނަމަ ސީދާ ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ.
ކޯލިޝަން "ރޫޅި" އެ ތަޖުރިބާ! ހައްލެއް ނެތް؟
ވެރިކަން ނުފެށޭ، ކޭކު ފޮތިކުރުމާއި ކޭކު މިލްކު ކުރުން
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް
އެއް ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަޝްވަރާ އަލުން ފަށަނީ
ނަޝީދަކީ "ސަރަހައްދީ މުސީބާތަކަށް" ވެއްޖެ: ސައީދު
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ