Roadha Mihaaru
ޓީމް ޕްރޮފައިލް: ޗެކް ރިޕަބްލިކް

ޓީމް ޕްރޮފައިލް: ޗެކް ރިޕަބްލިކް

11 ޖޫން 2021

ޗެކް ރިޕަބްލިކުގެ ވަކި ދައުލަތެއް އުފެދުނު ފަހުން، އެ ގައުމުން އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުގެ ދެވަނަ ޗެކް ރިޕަބްލިކް ހޯދި އެވެ. އޭގެ ފަހުން ގަވައިދުން ޔޫރޯ މުބާރާތަށް އެ ގައުމު ކޮލިފައިިވި އެވެ. އޭގެ ތެރެއިން 2004 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރި އެވެ.

ޗެކް ރިޕަބްލިކުގެ ވަކި ދައުލަތެއް އުފެދުނު ފަހުން، އެ ގައުމުން އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރު އެވެ. އެ އަހަރުގެ މުބާރާތުގެ ދެވަނަ ޗެކް ރިޕަބްލިކް ހޯދި އެވެ. އޭގެ ފަހުން ގަވައިދުން ޔޫރޯ މުބާރާތަށް އެ ގައުމު ކޮލިފައިިވި އެވެ. އޭގެ ތެރެއިން 2004 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް އެ ޓީމު ދަތުރުކުރި އެވެ.

މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަކީ ޗެކް ރިޕަބްލިކަށް ލިބުނު ކާމިޔާބެކެެވެ. ނުވަދިހައިގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ޗެކް ރިޕަބްލިކުގެ ގިނަ ކުޅުންތެރިންތަކެއް ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ކުޅުނު ނަމަވެސް، މިހާރު އޮތް ޗެކް ރިޕަބްލިކް ޓީމުގައި މަޝްހޫރު ނަންތައް މަދެވެ.

ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ޗެކް ރިޕަބްލިކްގެ ރަނގަޅު ރެކޯޑެއް އޮތީ ޔޫރޯގަ އެވެ. ވޯލްޑް ކަޕްގައި ޗެކް ރިޕަބްލިކް ކުޅެފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 2006 ވަނަ އަހަރު ޖަރުމަންގައި އޮތް ވޯލްޑް ކަޕެވެ.

ކޮލިފައިވި ގޮތް:

ޗެކް ރިޕަބްލިކް ޔޫރޯ އަށް ކޮލިފައިވީ ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ޗެކް ރިޕަބްލިކް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ބަލިވީ ތިން މެޗުނެވެ.

ޗެކް ރިޕަބްލިކް ކޮލިފައިވުމުގައި އެންމެ މުހިންމު ކަމަކަށްވީ އެ ޓީމުގެ ކޯޗު ބަދަލުކުރުމެވެ. ކަރެލް ޖަރޯލިމްގެ ބަދަލުގައި ޖަރޮސްލާވް ސިލްހާވީ ކޯޗަކަށް ހަމަޖެއްސުމާ އެކު، ޗެކް ރިޕަބްލިކްގެ ޓީމުގެ ފަރާތުން ތަފާތު ފެނިގެންދިޔަ އެވެ. ކޮލިފައިންގައި ނަތީޖާތައް ރަނގަޅުކޮށް، ސިލްހާވީގެ އިރުޝާދުގެ ދަށުން ކްރޮއޭޝިއާ އިން ވަނީ މުބާރާތުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

މުހިންމު ކުޅުންތެރިން:

ޗެކް ރިޕަބްލިކްގެ ތޯމަސް ޝޫޝެކަކީ ވެސްޓް ހޭމްއާ އެކު ފާއިތުވި ސީޒަންގައި ވިދާލި ކުޅުންތެރިއެކެވެ. ސޫޝެކް ،26، އަކީ ޗެކް ރިޕަބްލިކްގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެކެވެ. ޓީމުގެ މެދުތެރެ ބެލެހެއްޓުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެެވެ. މި ސީޒަންގައި ވެސްޓް ހޭމްގައި ސޫޝެކް ދެއްކި ފޯމުގައި އޭނާ ޔޫރޯ ކުޅެފި ނަމަ، ޗެކް ރިޕަބްލިކްގެ ޓީމަށް ފައިދާކުރާނެ އެވެ.

ޗެކް ރިޕަބްލިކްގެ ފޯވަޑްލައިންގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ބަޔާ ލޭވަކޫސަންގެ ފޯވަޑް ޕެޓްރިކް ޝިކް އެވެ. އުމުރުން 25 އަހަރު ޝިކް އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 24 މެޗުން އޭނާ ވަނީ 10 ލަނޑު ޖަހައިފަ އެވެ.

ސެެމްޕްޑޯރިއާ އަށް ކުޅެމުން އަންނަ ޔާކުން ޔަންކްޓޯ އަކީ ވެސް ހުނަރުވެރި މިޑްފީލްޑަރެކެވެ. ޗެކް ރިޕަބްލިކްގެ ޓީމަށް މިހާތަނަށް 30 އަށް ވުރެ ގިނަ މެޗު ކުޅެފައިވާއިރު، މި އަހަރުގެ ޔޫރޯގައި އޭނާ ވިދާލާނެ ކަމަށް ޗެކް ރިޕަބްލިކްގެ ސަޕޯޓަރުން އުންމީދުކުރެ އެވެ.

ކޯޗު:

ޗެކް ރިޕަބްލިކަށް ނިސްބަތްވާ ޖަރޮސްލާވް ސިލްހާވީ އަކީ އެ ގައުމުގައި މަޝްހޫރު ކޯޗެެކެވެ. ޗެކް ރިޕަބްލިކްގެ ބޮޑެތި ކްލަބުތަކަށް ސިލްހާވީ ،59، ވަނީ ކޯޗުކޮށްދީފަ އެވެ. އަދި ޗެކް ރިޕަބްލިކްގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޗެކް ރިޕަބްލިކްގެ ގައުމީ ޓީމާ ސިލްހާވީ ހަވާލުވީ 2018 ވަނަ އަހަރެވެ. އޭނާ ޓީމާ ހަވާލުވެ، ޓީމުގެ ތެރޭގައި އޮތް ރޫހު ރަނގަޅުކޮށް، ޗެކް ރިޕަބްލިކްގެ ނަތީޖާތައް ރަނގަޅުކުރި އެވެ. އަދި މި އަހަރުގެ ޔޫރޯ އަށް ޗެކް ރިޕަބްލިކް ކޮލިފައިވުމަކީ، ސިލްހާވީގެ އިރުޝާދުގެ ދަށުން ލިބުނު ބޮޑު ކާމިޔާބަކެވެ.