Roadha Mihaaru
ތ. ޖުޑީޝަލް ދާއިރާގެ ފަސް ކޯޓެއްގައި ފާހާނާއެއް ނެތް

ތ. ޖުޑީޝަލް ދާއިރާގެ ފަސް ކޯޓެއްގައި ފާހާނާއެއް ނެތް

12 ޖޫން 2021

ތ. ޖުޑީޝަލް ދާއިރާގެ ފަސް ކޯޓެއްގައި ފާހަނާއެއް ނެތް ކަމަށް، މިއަދު ފެށި ފަނޑިޔާރުންގެ އަހަރީ ބައްދަލުވުމުގައި ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތ. ޖުޑީޝަލް ދާއިރާގެ ފަސް ކޯޓެއްގައި ފާހަނާއެއް ނެތް ކަމަށް، މިއަދު ފެށި ފަނޑިޔާރުންގެ އަހަރީ ބައްދަލުވުމުގައި ބުނެފި އެވެ.

އެ ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ޒަހީން ވިދާޅުވީ އެ ދާއިރާގެ ފަސް ރަށެއްގެ ކޯޓުގައި މުވައްޒަފުން ބޭނުންކުރާނެ ފާހަނާއެއް ނެތް ކަމަށެވެ.

އެކަމުގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ދަތިތަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފާހަނާ ނެތް ރަށްތަކަކީ؛ ތ. އޮމަދޫ މެޖިސްޓްރޭޓް ކޯޓު، ތ. ދިޔަމިގިލި މެޖިސްޓްރޭޓް ކޯޓު، ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓު، ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓު އަދި ލ. މުންޑޫ މެޖިސްޓްރޭޓް ކޯޓެވެ.

އޭގެ އިތުރުން ވީޑިއޯ ކޮންފަރެންސިން ސިސްޓަމްގައި މައިކް ނެތުމުން އެކަށީގެންވާ ގޮތެއްގައި އޯޑިއޯ/ވީޑިއޯކޮށް ޝަރީއަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ސެޝަނަކަށް ގެންދާ ކޮންފަރެންސްގައި ވާހަކަ ދެއްކެވި ފަނޑިޔާރުން ވަނީ އިންޓަނެޓް ލަސްވުމުގެ ޝަކުވާތައް ވެސް ކުރައްވައިފަ އެވެ.

ރަށުގައި ހުންނަ މީހާގެ ހެކިބަސް ނަގަން އެ ރަށެއްގެ ކޯޓަށް ގެންދިއުމަށް ފަހު މާލޭގައި ހުންނަ ކޯޓާ ގުޅުވާލަނީ އޮންލައިންކޮށެވެ.

ތ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓެއްގެ ހާލަތު.

ތ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓެއްގެ ހާލަތު.

ރަށުގެ އާބާދީ 650 އަށްވުރެ އިތުރު، ކޯޓުގައި ތިން މުވައްޒަފުން

މެޖިސްޓްރޭޓް ކޯޓެއްގެ ހާލަތު ބަޔާންކޮށްދިނުމަށް އެ ކޮންފަރެންސްގައި ދެއްކި ޕްރެޒެންޓޭޝަނެއްގައި ބުނީ ރަށުގައި 650 އަށްވުރެ މީހުން ގިނަ ކަމަށެވެ. އެކަމަކު ކޯޓުގައި ތިބީ ތިން މުވައްޒަފުންނެވެ. އެއީ އިދާރީ ކަންކަމަށް ދެ މީހުންނާއި މަސައްކަތު މުވައްޒަފެވެ.

އެ ރަށުގެ ކައުންސިލްގައި އިދާރާގައި 18 މުވައްޒަފުން، ފެނަކައިގައި 13 މުވައްޒަފުން އަދި ސިއްހީ މަރުކަޒުގައި 16 މުވައްޒަފުން މަސައްކަތްކުރެ އެވެ.