Roadha Mihaaru
ބޮޑުމަހެއްގެ އަނގަތެރޭ ތާށިވި މީހަކު ސަލާމަތްވެއްޖެ

ބޮޑުމަހެއްގެ އަނގަތެރޭ ތާށިވި މީހަކު ސަލާމަތްވެއްޖެ

13 ޖޫން 2021

އިހި ނަގަން ކަނޑަށް ފީނި މީހަކު ބޮޑުމަހެއްގެ އަނގައިގެ ތެރެއަށް ދަމައިގަނެ ދިރުވައިލި ނަމަވެސް ބޮޑު އަނިޔާއެއް ނުވެ އާދަޔާހިލާފު ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިހި ނަގަން ކަނޑަށް ފީނި މީހަކު ބޮޑުމަހެއްގެ އަނގައިގެ ތެރެއަށް ދަމައިގަނެ ދިރުވައިލި ނަމަވެސް ބޮޑު އަނިޔާއެއް ނުވެ އާދަޔާހިލާފު ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި އެމެރިކާގެ މެޒެޗޫސެސްގެ ހެރިން ކޯވް ބީޗްގައި 45 ފޫޓް އަޑިއަށް ފީނައިގެން އުޅެނިކޮށް ހަމްޕްބެކް ވޭލް ދިރުވައިލީ މައިކަލް ޕެކާޑް ކިޔާ 56 އަހަރު މީހެކެވެ. އޭނާ ބުނީ އަޑީގައި އޮއްވައި ކުއްލިއަކަށް ބޮޑުމަސް އޭނާއާ ކައިރިވެފައި ދިން ހަމަލައާ އެކު އޭގެ އަނގައިގެ ތެރެއަށް ދަމައިގަތީ ކަމަށެވެ.

"ހަމަ ގާތްގަނޑަށް އޭގެ އަނގަ ތެރޭގައި އަހަރެން އޮތީ. އެއްވެސް ތަނެއް ނުފެނޭ. މުޅިން އަނދިރިކޮށް އޮތީ،" އެ ހާދިސާގައި ލިބުނު ކުދި ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން މީޑިއާތަކަށް ޕެކާޑް ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި ބޮޑުމަސް އޭނާ ދިރުވައިލުމުން ދެން ފުރާނަ ސަަލާމަތްވާނެކަމުގެ އުންމީދު ގެއްލުނެވެ. އަދި އެ ވަގުތު އެންމެ ބޮޑަށް ހަނދާންވީ 15 އަހަރާއި 12 އަހަރުގެ ދެ ފިރިހެން ދަރިންގެ މަތިން ކަމަށް ބުންޏެވެ.

"ބޮޑުމަސް ހަމަލާ ދިނީމަ އަހަރެން ފުރަތަމަ ހީކުރީ މިޔަރެއް [ވައިޓް ޝާކެއް] ހަމަލާދިނީ ކަމަށް. މި ވަރުގެ ބިރެއް ދުވަހަކު ވެސް ނުގަނޭ،" ޕެކާޑް ބުންޏެވެ. "އަހަރެން މި ގޮތަށް ޑައިވްކޮށްގެން އިހި ނައިގެން މީގެ ވިޔަފާރިކޮށް އުޅޭތާ އެތައް އަހަރެއްވެއްޖެ. އެކަމަކު ދުވަހަކު ވެސް މި ވަރުގެ ބިރުވެރި ހާދިސާއެއް ކުރިމައްޗެއް ނުވޭ."

އޭނާ ބުނި ގޮތުގައި ބޮޑުމަހުގެ ތެރެއިން ސަލާމަތްވެވުނީ އޭގެ އަނގައިގެ ދަތްތައް މަދުކަމުންނެވެ.

"އޭގައި އެއްކޮށް ދަތްތައް ހަމަ ނެތް ކަހަލަ. އެހެންވެ ކަންނޭނގޭ އަހަރެން ޗިސްޗިސް ނުވެ އޮތީ، "ޕެކާޑް ބުންޏެވެ. "އަހަރެން ކުރި ކަމަކީ ބޮލާ ދިމާލުން ހަށިގަނޑު ތަޅުވަން ފެށީ. އެހެން ހަދަން ފެށިތާ ގާތްގަނޑަށް ސާޅީހަކަށް ސިކުންތުގެ ތެރޭގައި ބޮޑުމަސް ބޭރުކޮށްލި ހޮޑުގަނޑާ އަހަރެން ކަނޑަށް ދިޔައީ."

އެ ހިސާބުން އަލިކަން ފެނި ފުރާނަ ސަލާމަތްވީކަމުގެ އުންމީދު ވެސް ލިބުނެވެ.

"ފުރަތަމަ އެކަން ގަބޫލުކުރަން ދަތިވި. އަހަރެން ފަހުން އޮތީ ލޮނުގަނޑުގެ ތެރޭގައިކަމާއި ދުނިޔޭގެ އަލިކަމުގެ ތެރޭގައިކަން އެނގުނީމަ ދެން ވިސްނަން ފެށުނީ އަނިޔާތަކާ ދޭތެރޭ،" ޕެކާޑް ބުންޏެވެ.

މި އާދަޔާހިލާފު ހާދިސާ އިން އޭނާ ސަލާމަތްވުމުން ލޯންޗަށް ނެގީ އެކީގައި އިހި ނަގަން ދިޔަ އެކުވެރިޔާ ޖޯސިއާ މާޔޯ އެވެ.

މައިކަލް ޕެކާޑް ހޮސްޕިޓަލްގައި އަދި އިއްސަކާ އެކު.

މައިކަލް ޕެކާޑް ހޮސްޕިޓަލްގައި އަދި އިއްސަކާ އެކު.

"އޭނާ ބުނި ވަރަށް ރީއްޗަށް ފެނުނޭ ހޮޑުގަނޑާ އެކު އަހަރެން ވިއްސައިގެން ބޭރަށް ދިޔަ ތަން،" ޕެކާޑް ބުންޏެވެ.

އޭނާ ދެން ވަގުތުން ގެންދިޔައީ ހޮސްޕިޓަލަށެވެ. ނަސީބު ރަނގަޅުކަމުން ފުރާނަ އަށް ގެއްލުންވާ ވަރުގެ އެއްވެސް އަނިޔާއެއް ނުލިބެ އެވެ. ހަށިގަނޑު ބައެއް ތަންތަނުގައި ހުރީ ހަމައެކަނި ކުދިކުދި ޒަހަމްތަކެވެ.

މި ހާދިސާއާ ބެހޭ ގޮތުން، ތަޖުރިބާކާރެއް ކަމަށްވާ ޕްރިންސްޓައުންސް ސެންޓަ ފޯ ކޯސްޓަލް ސްޓަޑީޒްގެ ޑިރެކްޓަރު ބައޮލޮޖިސްޓް ޖޫކް ރޮބިންސް ވިދާޅުވި ގޮތުގައި ޕެކާޑަށް ހަމަލާދިނީ ބޮޑުމަހުގެ ޅަ އެއްޗެއް ކަމަށް ބެލެވެ އެވެ. އަދި ޕެކާޑަށް ހަމަލަދާ ދިނީ އިންސާނަކަށް ހަމަލާ ދިނުމުގެ ބޭނުމުގައި ކަމަށް ކަމަަށެވެ

"ބޮޑަށް ބެލެވެނީ މަހެއް ކަމަށް ހީކޮށް ދިރުވާލީ ކަމަށް،" އޭނާ ވިދާޅުވި އެވެ. "ޕެކާޑަށް ދިމާވި ކަހަލަ ހާދިސާއެއް ހަމްޕްބެލް ވޭލްގެ ފަރާތުން ފެނުމަކީ ވަރަށް ނުވާ ކަމެއް.