Roadha Mihaaru
ދޯނީގެ ބުރަފަތިން ޖެހި ޓޫރިސްޓެއްގެ ފައި ބުރިވެއްޖެ

ޑައިވިން ދޯނީގެ ބުރަފަތިން ޖެހި ޓޫރިސްޓެއްގެ ފައި ބުރިވެއްޖެ

20 ޖެނުއަރީ 2024

ހުޅުމާލެ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓެއްގެ ފައި ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ބުރިވެއްޖެ އެވެ.

ހުޅުމާލެ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ޓޫރިސްޓެއްގެ ފައި ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ބުރިވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.

މިއަދު ހެނދުނު 8:30 ހާއިރު ރިޕޯޓްކުރި މި ހާދިސާގައި ޒަހަމްވީ އެމެރިކާގެ 63 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އެ މީހާގެ އެއް ފައިގެ ކަކުލުން ތިރިން އެއްކޮށް ބުރިވެފައިވާ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.