Roadha Mihaaru
ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްްދޭން ގޮވާލައިފި

ކުދި ވިޔަފާރިތަކުގެ ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްްދޭން ގޮވާލައިފި

14 ޖޫން 2021

ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ލޯނުތައް ދެއްކުން ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ނިންމުން ދިގު ދަންމައިލަން ހުށަހެޅި ގަރާރަކަށް ތާއީދުކޮށް، ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކުގެ ލޯނުތައް ދެއްކުން ފަސްކޮށްދޭން ސަރުކާރުން ނިންމާފައިވާ ނިންމުން ދިގު ދަންމައިލަން ހުށަހެޅި ގަރާރަކަށް ތާއީދުކޮށް، ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވައިލައްވައިފި އެވެ.

ކުދި ވިޔަފާރިތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދީ، މިހާރު ހަމަޖައްސާފައިވާ މޮރިޓޯރިއަމްގެ މުއްދަތު ހަ މަަހަށް އިތުރުކޮށްދޭން ގޮވާލައްވައި ފުވައްމުލަކު އުތުުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު މުމްތާޒް ހުށަހެޅުއްވި ގަރާރަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު އިތުރުކުރުން މިހާލަތުގައި ވަރަށް މުހިއްމު ކަމަށެވެ.

މޮރިޓޯރިއަމްގެ މުއްދަތު އިތުރުކުރަން މެމްބަރުން މިއަދު ގޮވައިލެއްވި ނަަމަވެސް މިދިޔަ އޭޕްރިލް މަހު މަޖިލީހުން ފާސްކޮށްފައި ވަނީ މުއްދަތު އިތުރު ނުކުރުމަށެވެ. އޭރު އެގޮތަށް ނިންމީ ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފައި އޮތުމުންނެވެ. އެކަމަކު މިދިޔަ މަހު ރާއްޖޭގައި ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް މައްޗަށް ދިއުމުން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

ގަރާރު ހުށަހެޅުއްވި މެމްބަރު މުމްތާޒް ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ ކޮވިޑްގެ ފުރަތަމަ ރާޅުގައި އެޅި ފިޔަވަޅުތަކާ އެއްފަދަ ފިޔަަވަޅުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރުގެ ފިޔަވަޅުތަކުން ވެސް ވިޔަފާރިތަކަށް ނުކުންނަމުން ދަނީ ފުރަތަމަ ރާޅާ އެޅި ފިޔަވަޅުތަކާ އެއްފަދަ ނަތީޖާތަކެއް ކަމަށެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު ހަމަވެ، ލޯނުތައް އަލުން ދައްކަން ފަށަން ޖެހުމަކީ ކުދި ވިޔަފާރިތަކަށް މިހާރު ކުރިމަތިވާނެ އެންމެ ބޮޑު ދަތި ކަމަށެވެ. އެއީ ކޮވިޑް ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ވަރަށް މަދު ވިޔަފާރިތަކެއް ފިޔަވައި އެހެން ވިޔަފާރިތަކަށް ގެއްލުން ވަމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މޮރިޓޯރިއަމްގެ މުއްދަތު އިތުރުކޮށްގެން ނޫނީ ކުދި އަދި މެދުފަންތިގެ ވިޔަފާރިއަށް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. ކުދި ވިޔަފާރިތަކުގެ ލޯނުތައް ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން އޭނާ ގޮވައިލެއްވި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. ކުދި ވިޔަފާރިތަކުގެ ލޯނުތައް ދެއްކުން ދޮޅު އަހަރަށް ފަސްކޮށްދޭން އޭނާ ގޮވައިލެއްވި

ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ގޮވައިލެއްވީ ހަމަސްދުވަހުގެ ބަދަލުގައި ދޮޅު އަހަރު ދުވަހަށް މޮރިޓޯރިއަމްގެ މުއްދަތު މަދުވެގެން ދޮޅު އަހަރު ދުވަހަށް ދަންމައިލަ ދިނުމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުމުގެ މިސާލެއްގެ ގޮތުގައި ޝިޔާމް ދެއްކެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ނައިފަރުގެ ވިޔަފާރިތަކެވެ. އެރަށުގައި ކޮވިޑްގެ ކޮވިޑް ފެތުރެން ފެށުމުން، އެޅި ފިޔަވަޅުތަކަށް ތިން މަސްދުވަސް ވާން ދާއިރު ޝިޔާމް ވިދާޅުވި ގޮތުގައި ނައިފަރުގެ އިގުތިސާދީ ހަރަކާތްތައް ހިންގާ ފަރާތްތަަކަށް 45 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"ބައެއް ދިމަދިމާލުން އާމްދަނީ އެއްކޮށް ހުއްޓިފައި،" އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވެސް ވިދާޅުވީ ކުރު ރާސްތާގެ ހައްްލުތަކަކާ އެކު ދެން މަސައްކަތް ނުކުރެވޭނެ ކަމަށާއި ވަގުތީ ހައްލުތަކެއް ރަނގަޅުނޫން ކަމަށެވެ.