އާދަޔާހިލާފަށް ދިގުވުމުގެ މައްސަލަ ދިމާވެފައިވާ މިސްރުގެ އެއްބަނޑު އެއްބަފާ ދެ މީހަކަށް ފަސް ރެކޯޑެއް ކަށަވަރުވެއްޖެ އެވެ.
18 ޖޫން 2021
އާދަޔާހިލާފަށް ދިގުވުމުގެ މައްސަލަ ދިމާވެފައިވާ މިސްރުގެ އެއްބަނޑު އެއްބަފާ ދެ މީހަކަށް ފަސް ރެކޯޑެއް ކަށަވަރުވެއްޖެ އެވެ.
އެކަމަކު އެ މީހުންނަށް ރެކޯޑް ލިބުނީ އިސްކޮޅުގެ ދިގުކަމަކުންނެއް ނޫނެވެ. މުހައްމަދާއި ހުދާ ޝެހާތާގެ އިސްކޮޅު އެއްކޮށްލުމުން މިހާރު ހުރީ 414.4 ސެންޓި މީޓަރު (13 ފޫޓް 7 އިންޗި) އެވެ.
ދެބެއިންނަށް ރެކޯޑްތަކަށް ބަލާ އިރު މުހައްމަދު، 34، އަށް ކަށަވަރުވީ ދެ ރެކޯޑެކެވެ. އެއް ރިކޯޑަކީ އަތް އެންމެ ދިގު ފިރިހެނާގެ ރެކޯޑެވެ. އޭނާގެ ވައަތުގެ ދިގުމިނަކީ 31.3 ސެންޓި މީޓަރު (12.32 އިންޗި) އެވެ. މުހައްމަދު ދެވަނަ ރެކޯޑަކީ ދެ އަތް އެއްކޮށް ދަމައިލުމުން، އަތް އެންމެ ދިގު ފިރިހެނާގެ ރެކޯޑެވެ. އޭނާގެ ދެ އަތް އެއްކޮށްލުމުން އާދައިގެ ކާމޭޒަކަށް ވުރެ ދިގެވެ. ދިގުމިނަކީ 250.3 ސެންޓު މީޓަރު (8 ފޫޓް 2.5 އިންޗި) އެވެ.
NEW: These Egyptian siblings have broken records for the widest arm span as well as having some of the biggest hands and feet in the world! ?
— Guinness World Records (@GWR) June 16, 2021
އުމުރުން 30 އަހަރުގެ ހުދާގެ ތިން ރެކޯޑް ތެރެއިން އެއް ރެކޯޑަކީ ފައިތިލަ އެންމެ ދިގު އަންހެނާގެ ރެކޯޑެވެ. އޭނާގެ ކަނާތު ފައިތިލައިގައި ހުންނަނީ 33.1 ސެންޓި މީޓަރު (1 ފޫޓް 1.02 އިންޗި) އެވެ. ދެވަނަ ރެކޯޑަކީ އެންމެ ދިގު އަންހެން އަތެވެ. ހުދާގެ ވާތުގެ ދިގުމިނަކީ 24.3 ސެންޓި މީޓަރު (9.56 އިންޗި) އެވެ. ތިން ވަނަ ރެކޯޑަކީ ދެ އަތް އެއްކޮށް ދަމައިލުމުން އެންމެ ދިގު އަންހެން އަތުގެ ރެކޯޑެވެ. ދިގުމިނަކީ 236.3 ސެންޓި މީޓަރު (7 ފޫޓް 8.4 އިންޗި) އެވެ.
Mohamed and Huda Shehata are known as the "Giants of Egypt" and it's easy to see why! pic.twitter.com/kKnYMNosuH
— Guinness World Records (@GWR) June 17, 2021
ހުދާ ބުނީ ރެކޯޑްތަކެއް ލިބުމުން ވަރަށް އުފާވެއްޖެ ކަމަށާއި މީގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ދެބެއިން ވެސް ބުނި ގޮތުގައި އެ މީހުންގެ އުމުރުން 12 އަހަރާ ހަމައަށް އިސްކޮޅު ހުރީ އެ އުމުރުގެ އެހެން ކުދިންނާ ހަމަ އެއްވަރަކަށެވެ. އެކަމަކު 12 އަހަރު ވި ފަހުން ދެބޭން ވެސް އިސްކޮޅުން މާ ބޮޑަށް ދިގުވާން ފަށައި އެކަން އަދިވެސް އެއްކޮށް ނުހުއްޓެވެ. ހަށިގަނޑުގެ ބައެއް ގުނަވަންތައް ބޮޑުވާން ފެށީ ވެސް މި ބަދަލާ އެކީގަ އެވެ. މިހެން ދިމާވަނީ އެކްރޮމެގަލީ ކިޔާ ހޯމޯނަލް ޑިސްއޯޑާއެއްގެ ސަބަބުންނެވެ.
އެހެންވެ އިސްކޮޅު ދިގުވުން ކޮންޓްރޯލްކޮށް ގުނަވަންތައް ބޮޑުވުން ހުއްޓުވަން އޮތް ގޮތަކީ ހާއްސަ އޮޕަރޭޝަންތަކެއް ދެބޭން ވެސް ކުރުމެވެ.
މިސްރުގެ އެކްސިޑެންޓެއްގައި 10 އުޅަނދު އަނދައިފި
މީހެއްގެ ވައިނޮޅިން މަހެއް ނަގައިފި
ޒިބްރާތަކެއް ކަމަށް ދައްކަން ހިމާރުތަކެއްގައި ކުލަ ލައިފި
700 މީޓަރުގެ މުސްހަފެއް ލިޔެ ދުނިޔޭގެ ރެކޯޑަކަށް!
ވައުދާ ޚިލާފުވުމުގައި މިވަރެއް ނެތް
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
ޣައްޒާއިން މީހުން ބާލަން ބައިވެރިއެއްނުވާނަން: ސީސީ
ޣައްޒާ ހުސްކުރަން ޓްރަމްޕް ސީސީއަކަށް ނުގުޅާ: މިސްރު
އެންމެ ދުވަސްވީ މީހާ 116 އަހަރުގައި މަރުވެއްޖެ
ޣައްޒާގައި ދެ ދުވަހަށް ހަމަލާތައް މެދުކަނޑާލަން އެދެފި