މިސްރުގެ ވެރިރަށް ގާހިރާގެ މެދުތެރޭގައި އޮންނަ ރިންގް ރޯޑް ހައިވޭގައި އިއްޔެ ހިންގި ނުރައްކާތެރި ހާދިސާއެއްގައި އެއްގަމު އުޅަނދުތަކެއް މުޑިއެރުމުގެ ސަބަބުން، އެކަކު މަރުވެ އިތުރު އަށް މީހަކު ޒަހަމްވެއްޖެ އެވެ.
މިސްރުގެ ވެރިރަށް ގާހިރާގެ މެދުތެރޭގައި އޮންނަ ރިންގް ރޯޑް ހައިވޭގައި އިއްޔެ ހިންގި ނުރައްކާތެރި ހާދިސާއެއްގައި އެއްގަމު އުޅަނދުތަކެއް މުޑިއެރުމުގެ ސަބަބުން، އެކަކު މަރުވެ އިތުރު އަށް މީހަކު ޒަހަމްވެއްޖެ އެވެ.
މިސްރު ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ރިންގް ރޯޑުން ބާރު ދުވެލީގައި ދިޔަ ބޮޑު ލޮރީއެއްގައި އަލިފާން ހިފުމުން، އެ ވަގުތު ކައިރިން ދަތުރުކުރި އެހެން ލޮރީއެއްގައި ޖެހި އޭގައި ވެސް ހުޅު ހިފުމާ ގުޅިގެންނެވެ. އެ ދެ ލޮރީގައި ހުޅު ހިފުމާ އެކު އެ ދެ އުޅަނދުގެ ދުވެލި ކުއްލި ގޮތަކަށް ދަށްކޮށްލުމުން، ބާރު ދުވެލީގައި ފަހަތުން ދުއްވާފައި އައި އަށް ކާރެއް އެ ދެ ލޮރީއާ މުޑިއަރައިގެން ދިޔަ އެވެ.
އަށް ކާރާއި ދެ ލޮރީ މުޑިއެރުމާއެކު ހުރިހާ އުޅަނދުތަކެއްގައި އަލިފާން ރޯވި އެވެ. ކައިރި ހިސާބުތަކުގައި އުޅޭ މީހުންނާއި އަލިފާން ނިއްވާ މީހުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވައިލެވުނު އިރު، އަށް އުޅަނދު އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން، އެ ތަނުން އެއް ލޮރީގެ ޑްރައިވަރަކު ހައްޔަރުކޮށް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި މަރުވި މީހާގެ ހަށިގަނޑު އޮތީ ކާކުކަން ވަކިނުކުރެވޭ ވަރަށް އަނދާފައި ކަމަށްވާތީ، އެއީ ކާކުކަން ދެނެގަތުމަށް ފޮރެންސިކް ތަހުލީލުތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން ގަޑިއިރުތަކަކަށް އެ ސަރަހައްދުގެ މަގުތައް ބަންދުކުރަން ޖެހުމުން، މަގުތައް ތޮއްޖެހިގެން ދިޔަ އެވެ. ނަމަވެސް އަލިފާން ނިއްވާލައި، ތަހުގީގު ފުރިހަމަ ކުރުމަށްފަހު، އަނދާފައިވާ އުޅަނދުތައް ނެގުމަށް ފަހު، ރޭގެ ވަގުތެއްގައި ވަނީ، އާންމު ދަތުރުތަކަށް މަގުތައް ހުޅުވާލައިފަ އެވެ.
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ޓްރެފިކް ޕޮލިސް: ބޮކި ދިއްލެނީ ފާލުން ނެއްޓުނީމަތަ!
މަގުމަތީގެ އެކްސިޑެންޓުތަކުގައި މިއަށްވުރެ ސީރިއަސްވާންޖެހޭ
ޓްރެފިކް ލައިޓާއެކު އެކްސިޑެންޓް މަދުކުރެވޭނެ: އާބަންކޯ
ހުޅުމާލޭގެ 8 ތަނެއްގައި ޓްރެފިކް ލައިޓް ހަރުކުރަނީ
ހުޅުމާލޭގައި ސްޕީޑް ގަން ބޭނުންކުރަން ފަށަނީ
ބަލްގޭރިއާގައި ބަހެއްގައި ރޯވެ 45 މީހުން މަރުވެއްޖެ
އިސްކޮޅުން ދިގު ދެބެންނަށް އަތްފައި ދިގުކަމުގެ ރެކޯޑް
މީހެއްގެ ވައިނޮޅިން މަހެއް ނަގައިފި
ނަމްބަރު ޕްލޭޓް ދެނެގަނެވޭ ކެމެރާ ބްރިޖްގައި ހަރުކުރަނީ