މަސް ބާނަން އުޅުމުގެ ތެރޭގައި މީހެއްގެ އަނގައިގެ ތެރެއަށް ވަދެ ވައިނޮޅީގައި ތާށިވި މަހެއް މިސްރުގެ ޑޮކްޓަރުންގެ ޓީމަކުން ނަގައިފި އެވެ.
10 ނޮވެމްބަރ 2020
މަސް ބާނަން އުޅުމުގެ ތެރޭގައި މީހެއްގެ އަނގައިގެ ތެރެއަށް ވަދެ ވައިނޮޅީގައި ތާށިވި މަހެއް މިސްރުގެ ޑޮކްޓަރުންގެ ޓީމަކުން ނަގައިފި އެވެ.
މެދުއިރުމަތީގެ މީޑިއާތަކުން ބުނީ ވައިނޮޅީގެ ތެރޭގައި މަސް ތާށިވި މީހާ އަކީ 40 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ވައިނޮޅިން މަސްނެގި އިރު ވެސް އޭތި އޮތީ ދިރިދިރި ކަމަށެވެ. މަސްވެރިޔާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން ދަތިވެ، ހާލު ގޯސްވާން ފެށުމުންނެވެ. މި ހާދިސާ ހިނގީ މިސްރުގެ ވެރިރަށް ގާހިރާއާ 110 ކިލޯމީޓަރު ދެކުނުން އޮންނަ ބެނީ ސުއޭފްގަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި ވައިނޮޅީގައި މަސް ތާށިވި މީހާގެ ފުރާނަ ސަލާމަތްކުރެވުނީ ގޭސްޓްރޮސްކޮޕީ ހަދައިގެންނެވެ. ސާޖަރީގެ ކުރިން ޑޮކްޓަރު ވަނީ މަސްވެރިޔާގެ ކަރުގެ އެކްސް-ރޭ އާއި ސީޓީ ސްކޭނެއް ވެސް ހަދައި، ކަރުތެރޭގައި އެއްޗެއް ތާށިވެފައި އޮތްކަން ކަށަވަރުކޮށްފަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
ބައެއް މީޑިއާތަކުން މަސްވެރިޔާއާ ހަވާލާދީ ބުނެފައި ވަނީ ކަރުގެ ތެރެއަށް މަސް ދިޔައީ އެ މަސް ދަތުން ހިފަހައްޓާލައިގެން އިތުރު މަހެއް ބާނަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް ކަމަށެވެ.
ޔޫރަޕާއި އެފްރިކާގެ ގަދަ ހޫނު ދަށަށް ދާކަށް ނެތް
މިސްރުގެ އެކްސިޑެންޓެއްގައި 10 އުޅަނދު އަނދައިފި
އިސްކޮޅުން ދިގު ދެބެންނަށް އަތްފައި ދިގުކަމުގެ ރެކޯޑް
ބަނާނާ: ރީނދޫ ކުލައިގެ އިއްސެއް
މަސްވެރިންގެ ލޮލަށް ބުޅި! މި އަނިޔާ އާންމުވަނީ!
މިފްކޯއަށް މަސް ގަންނަ "ފިކްސްޑް" ރޭޓު ދޫކޮށްލަނީ
ތޮޅިއެއް، އިންޑޮނީޝިއާ ކުއްޖެއްގެ ކަނދުރާފޫދުއްވާލައިފި
މަސް ކިރަން ހުރިހާ ވަސީލަތެއް ބޭނުންކުރަން: މިފްކޯ
މަސްވެރިންނަށް ޕެންޝަނެއް ގާއިމުކޮށްދޭން ޖެހޭ: އީވާ
އެކްސިޑެންޓްތައް ގިނަވުމުން ޚާއްސަ ޑޮކްޓަރަކު ހޯދަނީ