Roadha Mihaaru
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

20 ޖޫން 2021

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް މިއަދު އުފުލިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު، އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް މިއަދު އުފުލިއްޖެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލާއެކު، އެސްޓީއޯގެ ދަށުން ހިންގާ އެފްއެސްއެމުން ކުރިން 9.79ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.27ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލިޓަރެއް މިއަދުން ފެށިގެން ވިއްކާނީ 9.74ރ. އަށެވެ. އެސްޓީއޯ އިން ކުރިން ޕެޓްރޯލް ލިޓަރެއް ވިއްކީ 8.85ރ. އަށެވެ.

އެ ކުންފުނިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މާޗު މަހު އެވެ.

އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހަފުތާ ތެރޭގައި އުފުލުމާ ގުޅިގެންނެވެ. އިއްޔެގެ ނިޔަލަށް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް ލިބެން ހުރީ 71 ޑޮލަރު (1،094.82ރ.) އަށެވެ.