Roadha Mihaaru
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި

15 ޖުލައި 2021

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި މި ބަދަލާއެކު އެފްއެސްއެމް އިން ކުރިން 10.27ރ. އަށް ލިބުނު ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ. އަށް ކަމަށެވެ. އަދި ކުރިން 9.74ރ. އަށް ލިބުނު ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ އެސްޓީއޯއިން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ބޮޑު ކުރި ދެވަނަ ފަހަރެވެ. އެންމެފަހުން އެ ކުންފުނިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 71 ޑޮލަރު (1،094.82ރ.) އިން 75.20 ޑޮލަރު (1،159.5ރ.) އަށް އަަރައިފަ އެވެ.