އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރައިލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ވެސް ފުލުހުން ޖިންސީ ގޯނާގެ ތުހުމަތުކުރާކަން ހާމަވެއްޖެ އެވެ.
23 ޖޫން 2021
އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރައިލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ވެސް ފުލުހުން ޖިންސީ ގޯނާގެ ތުހުމަތުކުރާކަން ހާމަވެއްޖެ އެވެ.
ކުޑަކުއްޖާ މަރުވެފައި އޮއްވައި ފެނުނީ އެ ކުއްޖާ ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ އާދިއްތަ ދުވަހު ލިބުމާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް، ހޯމަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. ކުއްޖާގެ ހަށިގަނޑު ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ މޫދަށް ފައްތާފައި އޮއްވަ އެވެ.
މި މައްސަައިގައި ފުލުހުން ވަނީ ނ. ލަންދޫ ބަގީޗާގޭ، އިބްރާހިމް ޒިހާން، 27، އާއި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފަ އެވެ.
ކުށުގެ ތުހުމަތަށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ޒިހާން ބަންދުކުރަން ކޯޓުން އަމުރުކޮށްފައި ވާ އިރު އޭގައި ވަނީ ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނު ކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުއްޖާ މަރާލާފައިވާ އޮއްވައި ފެނުނު ސަރަހައްދު އިއްޔެ ބަންދުކޮށްފައި. -- ފޮޓޯ:/މިހާރު
މައްސަލައިގައި ހައްޔަރު ކުރި ކުޑަކުއްޖާ އަށް ކުރި ތުހުމަތު އާންމުކޮށްފައި ނުވި ނަމަވެސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ އަށް ވެސް ޒިހާނަށް ކުރި ތުހުމަތުތައް ކުރެ އެވެ.
ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ފަޅު ތެރެއިން ކަރުތާފެނާ ހިސާބުންނެވެ. ކުއްޖާގެ ހަށިގަނޑު އޮތީ އެ ސަރަހައްދުގެ އިރުއުތުރު ފަރާތުގެ މޫދުގައި ފޮއްޓަކަށް ލައިފަ އެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ، އެެ ކުއްޖާ އަކީ އެ މިނިސްޓްރީއިން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަަސައްކަތް ކުރަމުން އައި ކުއްޖެއް ކަމަށެވެ. އަދި އާއިލާގެ ފަރާތުން ވެސް މިނިސްޓްރީއާ ގުޅިގެން އެ މަސައްކަތް ކުރަމުންދިޔަ ކަމަށް ވިދާޅުވި އެވެ.
ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން މި ހަފުތާގައި ފޮނުވަނީ
ކުއްޖާ މަރާލުމާ ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ
މަރުގެ ތުހުމަތަށް ހައްޔަރުކުރީ ކުއްޖާގެ ދެ އެކުވެރިން!
ރަހީނުކޮށް މަރާލައި މޫދަށް އެއްލައިލި ކުއްޖަކު ހޯދައިފި
ޖިންސީ ގޯނާކުރި ދެ ވަނަ ކާފަ ވެސް ޖަލުގައި މަރުވެއްޖެ
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
ކުޑަކުއްޖަކާ "ބެހުނު" މީހަކު ދަންޖެހިގެން މަރުވެއްޖެ
12 ވަނަ ފްލޯ އިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ