Roadha Mihaaru
ކުއްޖާ މަރާލުމާ ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ

ކުއްޖާ ރަހީނުކޮށް މަރާލުމާ ގުޅިފައިވަނީ ޖިންސީ އަނިޔާ ފަޅާއެރުމާ

27 ޖޫން 2021

ރަހީނުކުރި ކަމަށް ރިޕޯޓްކުރި ފަހުން، މަރާލާފައި އޮއްވައި ފެނުނު ކުޑަ ފިރިހެން ކުއްޖާ އަށް ތަކުރާރުކޮށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށާއި އެ ކުއްޖާ ރަހީނުކޮށްގެން ގެންގުޅުނީ އެ އަނިޔާތަކުގެ ވާހަކަ ބަޔަކަށް ކިޔައިދިނުމުން ކުއްޖާ އަށް ބިރު ދައްކައި އެ ވާހަކަ އިތުރަށް ދެއްކިޔަ ނުދޭން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދީފި އެވެ.

ރަހީނުކުރި ކަމަށް ރިޕޯޓްކުރި ފަހުން، މަރާލާފައި އޮއްވައި ފެނުނު ކުޑަ ފިރިހެން ކުއްޖާ އަށް ތަކުރާރުކޮށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށާއި އެ ކުއްޖާ ރަހީނުކޮށްގެން ގެންގުޅުނީ އެ އަނިޔާތަކުގެ ވާހަކަ ބަޔަކަށް ކިޔައިދިނުމުން ކުއްޖާ އަށް ބިރު ދައްކައި އެ ވާހަކަ އިތުރަށް ދެއްކިޔަ ނުދޭން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދީފި އެވެ.

އަނިޔާކޮށް މަރާލައި ފޮއްޓަކަށް ލުމަށް ފަހު، ހުޅުމާލޭ ދެ ވަނަ ފޭސްގެ މޫދަށް އެއްލާލާއިފައި އޮއްވައި ފުލުހުން 13 އަހަރުގެ ކުއްޖާ ހޯދީ ހޯމަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. އެއީ ކުއްޖާ ގެއްލިގެން އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން ކުރި މަސައްކަތުންނެވެ. ގެއްލުނު ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ބެލެވުމާ އެކު، ތުހުމަތުކުރެވޭ މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އިބްރާހިމް ޒިހާން، 27، އާއި 17 އަހަރުގެ ކުއްޖެކެވެ.

ރަހީނުކޮށް، މަރައިލި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އެކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެ އެވެ. ނަމަވެސް ކުށުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކޯޓުން ކުރި އަމުރުގައިވާ ގޮތުން ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް އެ މީހުންނަށް ކުރެވެ އެވެ.

"ކުއްޖާ އަށް ބިރު ދައްކައި އަނިޔާކޮށް، ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ބަޔަކަށް ކިޔައިދިނީ. ކުއްޖާއާ ގުޅުން އޮންނަ މީހުންނަށް ވެސް އެކަން އޮތީ އެނގިފައި. ޖިންސީ ގޯނާގެ ވާހަކަ އެހެން މީހުންނަށް އެނގިއްޖެކަން [ޒިހާން] އަށް އެނގުމުން ކޮންމެވެސް ވާހަކައެއް ދައްކައިގެން އެ ކުއްޖާ ތަނަކަށް ގެންދިޔައީ. އެކަމުގައި އެހީތެެރިކަން ހޯދީ ދެން ހައްޔަރުކޮށްފައި ހުރި 17 އަހަރުގެ ކުއްޖާ ލައްވާ،" އަނިޔާވެރި މަރާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

ކުއްޖާ ރަހީނުކޮށްގެން ގެންގުޅެން ފެށުމުގެ ކުރިން އެކި ފަހަރުމަތިން ޖިންސީ އަނިޔާ ދިންކަމާއި އެކަން ސިއްރުކުރުމަށް ބިރު ދައްކައި އިންޒާރުތައް ދީފައިވާކަން އެނގުމާއި ކުއްޖާގެ ހަބަރެއް ނުވެ ލަސްވާން ފެށުމުން ކަމެއް ގޯސްވެއްޖެ ކަމަށް ބެލެވި ފުލުހުންނަށް ރިޕޯޓްކުރުމާ އެކު، ކުއްޖާ ހޯދުމުގެ މަސައްކަތް އެތައް ބަޔަކު ވެގެން ކުރަމުން ދިޔަ އެވެ.

ކުއްޖާ އަށް ބިރު ދައްކައި އަނިޔާކޮށް އަދި ޖިންސީ ގޯނާކުރި ވާހަކަ އެ ކުއްޖާ ބަޔަކަށް ކިޔައިދިނީ. ކުއްޖާއާ ގުޅުން އޮންނަ މީހުންނަށް ވެސް އެކަން އޮތީ އެނގިފައި. ޖިންސީ ގޯނާގެ ވާހަކަ އެހެން މީހުންނަށް އެނގިއްޖެކަން [ޒިހާން] އަށް އެނގުމުން ކޮންމެވެސް ވާހަކައެއް ދައްކައިގެން އެ ކުއްޖާ ތަނަކަށް ގެންދިޔައީ.

އޭނާ ކިޔައިދިން ގޮތުގައި އެ ކުއްޖާ ހުޅުމާލޭ ދެ ވަނަ ފޭސް އަށް ގެންގޮސް އެ ތަނުގައި އަނިޔާކުރުމަށް ފަހު، އަލުން އަނބުރާ މާލެ ގެނެސްގެން ކުއްޖާ ގެންގުޅެފައިވެ އެވެ. ފުލުހުން ވެސް ބުނެފައިވާ ގޮތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމުން ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އާންމުންގެ މީހަކު ހުޅުމާލޭ ޕޮލިހަށް ރިޕޯޓްކޮށްފައިވެ އެވެ.

ހައްޔަރުކޮށްފައިވާ ދެ މީހުން، ކުއްޖާގެ ހަށިގަނޑު މޫދުން ފެނުމުގެ ކުރިން އެ ދުވަހުގެ ހަވީރު ފޮއްޓެއް ހިފައިގެން ހުޅުމާލޭ ދެ ވަނަ ފޭސްގައި އުޅެނިކޮށް ފެނުނު މީހުން ވެސް އެބަ އުޅެ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރާލުމުގެ ކުރިންނާއި ފަހުން އެ ކުއްޖާ އެރުވި ތިން ޓެކްސީއެއް ފުލުހުން ވަނީ ދެނެގެންފަ އެވެ. ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައި ތިބި މީހުން އެ ޓެކްސީތަކަށް އެ ކުއްޖާއާ އެކު އެރިކަން ޔަގީންކުރެވިފައި ވާތީ އާއި އެ މީހުން ފޮއްޓެއް ހިފައިގެން ހުޅުމާލޭގައި އުޅެފައިވާތަން ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ބުނާތީ، ތުހުމަތުކުރެވޭ ދެ މީހުންނަކީ އަމަލީ ގޮތުން މި ޖަރީމާގައި ބައިވެރިވި މީހުންކަން އެނގެ އެވެ.

އޭނާ ކިޔައިދިން ގޮތުގައި، ކުއްޖާ ގެއްލިގެން އާއިލާ އިން މި މަހުގެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރީ އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާ އާއި އެ ކުއްޖާއާ އެކު އުޅޭ ބައެއް މީހުން ކުއްޖާ ހޯދާތާ ދެ ދުވަސް ފަހުންނެވެ. ޖެންޑާ މިނިސްޓްރީން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި އެ ކުއްޖާ، މީގެ ކުރިން ވެސް އާއިލާގެ އެދުމުގެ މަތިން އެކި ފަހަރު ފުލުހުން ހޯދައި އާއިލާއާ ހަވާލުކޮށްފައި ވާތީ، ފުލުހުންނަށް ރިޕޯޓްކުރުމުގެ ކުރިން އާއިލާ އިން ވެސް ބެލީ ކުއްޖާ ފެނޭތޯ އެވެ.

ޖެންޑާ އިން ބުނި ގޮތުގައި އެ ކުއްޖާ އަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެ ކުއްޖާގެ އާއިލާ އިން ދިޔައީ މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ފުލުހުން ވަނީ މަރާލާފައި އޮއްވައި ފެނުނު ކުއްޖާގެ ޕޯސްޓް މޯޓަމް ހަދަން ނިންމައިފަ އެވެ. އެހެންވެ، މަރުގެ ސަބަބު އަދި އިތުރަށް ޔަގީންވާނެ އެވެ.