Roadha Mihaaru
މައިކްރޮސޮފްޓްގެ އަގު 2 ޓްރިލިއަން ޑޮލަރަށް

މައިކްރޮސޮފްޓްގެ އަގު 2 ޓްރިލިއަން ޑޮލަރަށް

24 ޖޫން 2021

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ މައިކްރޮސޮފްޓްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ މައިކްރޮސޮފްޓްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.

މިއީ ދެ ޓްރިލިއަން ޑޮލަރަށް އެރި އެމެރިކާގެ ދެވަނަ ކުންފުންޏެވެ. އެމެރިކާގެ މަޝްހޫރު ކުންފުނި އެޕަލްގެ އަގު ދެ ޓްރިިއަނަށް އެރީ މިދިޔަ އަހަރު އެވެ. އެޕަލް އަކީ އެންމެ ފުރަތަމަ ޓްރިލިއަން ޑޮލަރުގެ މަގާމު ވެސް ލިބުނު އެމެރިކާގެ ކުންފުންޏެވެ. އެއީ 2018 ގެ އޮގަސްޓްގަ އެވެ. ދެ ޓްރިލިއަން ޑޮލަރުގެ ކުންފުނީގެ މަގާމު އެންމެ ފުރަތަމަ ލިބުނު ކުންފުންޏަކީ ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި ސައުދީ އަރަމްކޯ އެވެ. އެއީ 2019 ޑިސެމްބަރުގަ އެވެ.

މީޑިއާތަކުން ބުނީ މައިކްރޮސޮފްޓްގެ އަގު ދެ ޓްރިލިއަން ޑޮލަރަށް އެރީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެއާ އެކު ކުންފުނީގެ ހިއްސާގެ އަގާއި ހިއްސާގެ ވިޔަފާރި ވެސް އުފުލިފައިވާ ކަމަށެވެ. މައިކްރޮސޮފްޓްގެ އަގު ދެ ޓްރިލިއަނަށް އެރީ، ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށްވިތާ ދެ އަހަރު ފަހުންނެވެ.

މީޑިއާތަކުން ބުނި ގޮތުގައި މައިކްރޮސޮފްޓް ދެ ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށް ބަދަލުވުމުގެ ފުރުސަތު ފަހިވީ، މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ކުންފުނީގެ ވިޔަފާރު ވެސް ވަރަށް ބޮޑަށް އިތުރުވުމުން ކަމަށެވެ.

މިދިޔަ އަހަރަކީ މަސައްކަތުގެ ދިރިއުޅުމަށް ގެންނަން ޖެހުނު ބޮޑެތި ބަދަލުތަކާ އެކު ވަރަށް ގިނަ ކަންކަން އޮންލައިންކޮށް އަދި މުޅިންހެން ޓެކްނޮލޮޖީ އަށް ބަރޯސާވެގެން ކުރަން މަޖުބޫރުވި އަހަރެކެވެ. އޭގެ ސަބަބުން މައިކްރޮސޮފްޓްގެ އުދެއްދުންތަކުގެ ވިޔަފާރި އަށް ބޮޑު ކުރިއެރުމެއް އަ އެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާއި ގޭމިން ސިސްޓަމާއި ކްލައުޑް ކޮމްޕިއުޓިން ސިސްޓަމް ހިމެނެ އެވެ.

މައިކްރޮސޮފްޓަކީ މީގެ 46 އަހަރު ކުރިން 1975 ގައި ވުޖޫދަށް އައި ކުންފުންޏެކެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 166,470 އަށް ވުރެ ގިނަ އެވެ.