ޕްރޮފެސަރު ހަސަން އުގެއިލްގެ ފައުންޑޭޝަނުން ޓީޗަރުންނަށް ހާއްސަ ކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރޭ ބާއްވައިފި އެވެ.
24 ޖޫން 2021
ޕްރޮފެސަރު ހަސަން އުގެއިލްގެ ފައުންޑޭޝަނުން ޓީޗަރުންނަށް ހާއްސަ ކޮށްގެން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ރޭ ބާއްވައިފި އެވެ.
ޒޫމް މެދުވެރިކޮށް، "ޕްރޮފެޝަނަލް ޓީޗާސް އޮފް މޯލްޑިވްސް" އާ ގުޅިގެން ބޭއްވި މި ޕްރޮގްރާމުގައި ބައިވެރިވާން 450 އަށް ވުރެ ގިނަ ޓީޗަރުން ވަނީ ރަޖިސްޓަރީކޮށްފަ އެވެ.
މި ޕްރޮގްރާމުގައި ޓީޗަރުންނާ މައުލޫމާތު ދެއްވީ ޕްރޮފެސަރު އުގެއިލް އެވެ. މަސައްކަތުގެ މާހައުލުގަ އާއި ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން އޭނާ ވަނީ އަމިއްލަ ތަޖުރިބާގައި މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ.
ޕްރޮފެޝަނަލް ޓީޗާސް އޮފް މޯލްޑިވްސްގެ ރައީސް އަބްދުﷲ ނާހިދު ވިދާޅުވީ އުގެއިލްއާ ބައްދަލުކޮށް، މައުލޫމާތު ހިއްސާ ކުރުމަކީ ޓީޗަރުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށާއި އުގެއިލްގެ ފަރާތުން ބޭނުންތެރި ގިނަ މައުލޫމާތު ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅާގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރައްވައި ވަރަށް ބޭނުންތެރި މައުލޫމާތު ހިއްސާ ކުރެއްވި،" ނާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކުރިމަގުގައި ވެސް އުގެއިލް ފައުންޑޭޝަނާ ގުޅިގެން ޓީޗަރުންނަށް ތަފާތު ޕްރޮގްރާމުތައް ބާއްވާނެ އެވެ.
ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
އަބުރުވެރިކަމާ އެކު ކިޔެވުމުގެ ހައްގު ލިބެންޖެހޭ
ޑޮލަރު ލިމިޓްގެ ކަންބޮޑުވުން އެޑިއުކޭޝަން މިނިސްޓްރީއަށް
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި
ކިޔަވައިދިނުން ހަރުދަނާކުރާ ބަޔަކަށް ޓީޗަރުން ވާންޖެހޭ
ޓީޗަރުންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
ޓީޗަރުންނަށް ކުރިއެރުން ހޯދައިދޭން ހާއްސަ ސަމާލުކަމެއް ދޭނަން: ރައީސް
ޓީޗަރުންނަށް ގަދަރުކޮށް އިހުތިރާމް ކުރުމުގެ މާތްކަން
ޓީޗިން ޑިގްރީ ހަދާއިރު ޝަރުތަކާއެކު ސްޓައިޕެންޑް ދެނީ