އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން އެ ޕާޓީން ގުޅިި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
24 މެއި 2022
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާން އެ ޕާޓީން ގުޅިި ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ނޭނގި ޕާޓީތަކުން މީހުން ބަދަލުވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އިއްޔެ ބަހުސް ވެސް ނުކޮށް ބޭރުކޮށްލުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ އެއީ ވަރަށް ބޮޑުވެފައިވާ މައްސަލައެއްކަން ޕާޓީތަކުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. މި މައްސަލަ ބޮޑުކަން އެނގެނީ އޭނާގެ ނަން އެމްޑީޕީގެ ވޯޓު ލެވޭ ލިސްޓުގައި ވެސް އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އެންމެ ފަހުން ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަޅުގަނޑަށް ވެސް ފައްޔާޒްގެ ކެމްޕެއިން އޮފީހުން ގުޅާފަ ބުނި އެބައޮތޭ ލިސްޓުގައި. އަޅުގަނޑު ވަރަށް އިހުތިރާމާއެކު ދެންނެވިން މިއީ އެހެން ޕާޓީއެއްގެ މަޖިލިސް މެމްބަރެކޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފްގެ ނަން އޮތް ކަމަށް އޭނާ ވިދާޅު ވާއިރު، އެމްޑީޕީގެ ދަފްތަރު އޮތީ އެތެރޭގެ އިންތިހާބުތަކަށް އިދިކޮޅު ޕީޕީއެމަށް ނުފޫޒު ފޯރުވޭ ގޮތަށް ކަމަށް އެ ޕާޓީގެ އާ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.
ފައްޔާޒް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅަން ޕީޕީއެމްގެ 20،000 މީހުންނަށް ވޯޓު ލެވެ އެވެ.
އެހެންވެ އެމްޑީޕީގެ ދަފްތަރު ސާފުކުރުމަކީ ފައްޔާޒުގެ އެއް ވައުދެވެ.
ޕާޓިތައް ބަދަލުކުރާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް އެ މީހެއްގެ ފޯނަށް ޕާޓީއާ ގުޅުނު ކަމުގެ މެސެޖު ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް
އެއް ކަމެއް، އެކަމަކު އެމްޑީޕީ ބޭނުންވުމުން ފާސްކޮށްފި
ފައްޔާޒްގެ ވޯޓަކީ ދެފަޅިން ކުޅޭ ޝޯއެއް: އިދިކޮޅު
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ މެދު ގޮތެއް ނިންމަނީ
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް