އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި ޝަކުވާތައް ބަލަން އެ މިނިސްޓްރީން ނިންމައިފި އެވެ.
28 ޖޫން 2021
އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް ހުށަހެޅި ޝަކުވާތައް ބަލަން އެ މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކާ ގުޅިގެން ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ ޝަކުވާތައް ބަލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ މައްސަލައިގައި ޓްވިޓާގައި ހިއްސާކުރެއްވި ވާހަކަތަކުން، އެކަމާ ވިދިގެން ބައެއް ފަރާތްތަކުން މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅާފައި އޮތީ. އެހެންވެ މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅާފައި އޮތިއްޔާ އެ މައްސަލަ ބަލާލަން ޖެހޭނެ ދެއްތޯ. ފިޔަވަޅު އަޅާނީތޯ، ދެން ކިހިނެއްތޯ އެކަން ކުރިއަށްގެންދާނީ، އެއީ މިހާރު މި ބަލަނީ،" ޑރ. ޒާހިރު ވިދާޅުވި އެވެ.
Anhen kudhin khithaanu kurumaky Dheenugai neiy kameh kamah bunumaky DHOGEH. Aee oiy kameh. Namaves VAAJIBEH noon.
— Dr.Mohamed Iyaz (@dr_iyaz) June 25, 2021
Anhen kudhin khithaanu kurumaai FGM aai thafaathu.https://t.co/CaZ3u1zQ6h
އަންހެން ކުދިން ހިތާނުކުރުމާ އެއްކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ގެންދަވަނީ ސޯޝަލް މީޑިއާގައި ވާހަަކަ ދައްކަވަމުންނެވެ. އެކަމުގައި އިސްކޮށް ހުންނަވައި ޑރ. އިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. އެއާއެކު، ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކުރުމަށް ވެސް ގޮވާލާފައި ވެ އެވެ.
އަންހެން ކުދިން ހިތާނުކުރުމުގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށެވެ.
މިސްރުގެ ފަތުވާ އިދާރާއިން މި ފަހުން ނެރުނު ބަޔާނުގައި ވެސް، އަންހެނުން ހިތާނުކުރުމަކީ ދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައި ކަމެއް ކަމަށް ބުނެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ޑރ. އިޔާޒު މިދިޔަ ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަންހެނުން ހިތާނުކުރުމަކީ ދީނުގައި ނެތް ކަމަކަށް ނުބުނެވޭނެ ކަމަށެވެ. އެހެން ވިދާޅުވެގެން ކޮންމެ ފަދަ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ހަދަނީ ތެދުކަން ތިޔަ ބޭފުޅުންނަށް އިންޝާﷲ ހާމަވާނެ ދުވަސް އަންނާނެ،" ޑރ. އިޔާޒު ވިދާޅުވި އެވެ.
ދީނީ ކަންކަމަށް ކުރާ ހޭދަ ކުޑަ، ޝަކުވާ ރައީސަށް!
ޝަހީމްގެ ސުވާލު، މަހްލޫފަކީ އިސްލާމިކް މިނިސްޓަރުތޯ؟
ހުތުބާގެ ވާހަކަތައް މިނިސްޓަރު ދިފާއު ކުރައްވައިފި
އެހެން ދީންތަކުގެ ޝިއާރު ފާޅު ނުކުރެވޭނެ: މިނިސްޓްރީ
ހިތަދޫގައި ހިންދޫ ދީނުގެ އަޅުކަންކުރި މައްސަލަ ޕޮލިހަށް
ޔޯގާގެ މައްސަލަ މިހާ ގޯސްވާނެކަމަށް އަންދާޒާ ނުކުރެވުނު
ސަލްމާން މިސްކިތް ހުކުރު ދުވަހު ހުޅުވަނީ
ކުޑަކުދިން އިމާމުވެ ނަމާދު ނުކުރަން އަންގައިފި
ދިވެހި އުމްރާވެރިންނަށް ވެކްސިންގެ މައްސަލައެއް ނެތް
މާވެޔޮ މިސްކިތް ނިންމައި، ސަރުކާރާ ހަވާލުކޮށްފި