23 ނޮވެމްބަރ 2016
ހަނގުރާމަވެރި ހަތިޔާރު އަމިއްލަ އަށް އުފެއްދި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް، ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ހަނގުރާމަވެރި ހަތިޔާރު އަމިއްލަ އަށް އުފެއްދި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް، ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ލ. ގަމު ހިމާޔަތް، މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102، ހަސަން ނަސީމްގެ މައްޗަށް އެ ދައުވާކުރީ ސެޕްޓެމްބަރު، 2013 ގައި މާލޭގައި ހަސަން ނަސީމް ދިރިއުޅުނު ގެ އާއި އޭނާ މަސައްކަތްކުރާ ވޯކްޝޮޕް ފާސްކުރިއިރު އެތަނުން ބަޑި އާއި އެފަދަ ތަކެތި އުފައްދަން ބޭނުންކުރާ އާލާތްތައް ފެނުނު ކަމަށް ބުނެ އެވެ.
ސިއްރުކޮށްގެން ގެންދިޔަ ޝަރީއަތަކަށް ފަހު ކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލަ އެ ދެ މީހުންގެ މައްޗަށް ސާބިތުނުވީ ތަހުގީގުގައި ފުލުހުން ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލެއް ހުކުމުގައި ފާހަގަކޮށްފައެއް ނުވެ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވި ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހުންނަށް އަންނާނެ އެވެ.
ބަޑި ގެންގުޅުނުކަން ސާބިތުވިޔަސް، މިނިވަންވެއްޖެ
ޓޫރިސްޓުންތަކަކަށް ހަމަލާދިނީ ބަދަލު ހިފަން: ހެކި
ފަރުވާއަށް ދޫކުރި މުނީޒް ޝަރުތާ ހިލާފުވުމުން ބަންދަށް
މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި
ހަރުކަށި ފިކުރުގެ ބަޔަކު ހަމަލާއެއް ރާވާކަމުގެ ތުހުމަތު
ޖާނުންފިދާވާން އުޅުނުކަމުގެ ދައުވާ ސާބިތެއް ނުވި
"ޓެރަރިސްޓް" އަމީންގެ ބަންދަށް އިތުރު ހަތް ދުވަސް
އަމީންގެ ބަންދަށް 15 ދުވަސް
އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
މަހްލޫފަށް ކުރާ ދައުވާއެއްގެ އަޑުއެހުން ކެންސަލް