Roadha Mihaaru
އިންގްލެންޑް - ޖަރުމަން: ޒަމާންވީ ވާދަވެރިކަމެއް

އިންގްލެންޑް - ޖަރުމަން: ޒަމާންވީ ވާދަވެރިންގެ ބޮޑު ކުރިމަތިލުން

29 ޖޫން 2021

ލަންޑަން (29 ޖޫން) - އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. މީގެ 55 އަހަރު ކުރިން، ވޯލްޑް ކަޕްގެ ތަށި އިންގްލެންޑުން އުފުލާލީ، ފައިނަލްގައި ހުޅަނގު ޖަރުމަން އަތުން 4-2 އިން މޮޅުވެގެނެވެ. އެ ދުވަހު، ހިތްދަތިކަން ކުރިމަތިވީ ޖަރުމަނަށެވެ. އެއީ ފުޓްބޯޅައިގައި ޖަރުމަނާއި އިންގްލެންޑްގެ ވާދަވެރިކަން ފެށުނު ހިސާބެވެ. ޔޫރޯ 2020ގެ ދެވަނަ ބުރުގައި މިރޭ ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރާ މެޗަކީ، މި ވާދަވެރިކަމުގެ ސިލްސިލާ އަށް އިތުރުވާ ބޮޅެކެވެ.

އިންގްލެންޑް އިން 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ބައިނަލްއަގުވާމީ މުބާރާތެއްގައި ޖަރުމަނާ ކުރިމަތިލައިގެން ހިތްހަމަޖެހުމެއް ލިބިފައެއް ނެތެވެ. ފަސްދޮޅަސް ހަ ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޖަރުމަނާއި އިންގްލެންޑް ވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތްތަކުގައި ނޮކްއައުޓް މެޗުތަކުގައި ހަތަރު ފަހަރު ކުރިމަތިލައިފަ އެވެ. ހަތަރު މެޗުން ވެސް އިންގްލެންޑް ވަނީ ބަލިވެފަ އެވެ.

1966 ވަނަ އަހަރުގެ ފަހުން، ބޮޑު މުބާރާތެއްގެ ނޮކްއައުޓް މެޗަކުން ޖަރުމަން އަތުން އިންގްލެންޑް މޮޅެއް ނުވޭ

އެހެންކަމުން މިރޭ އިންގްލެންޑް ނުކުންނާނީ 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ނޮކްއައުޓް މެޗަކުން ޖަރުމަން ބަލިކުރުމުގެ އަޒުމުގަ އެވެ.

ޔޫރޯގެ ނޮކްއައުޓް މެޗެއްގައި މި ދެ ޓީމު އެންމެ ފަހުން ކުރިމަތިލީ 1996 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަނުން އިންގްލެންޑްގެ މައްޗަށް ކުރި ހޯދީ ޕެނަލްޓީ ޖަހައިގެނެވެ. އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑްގެ ހަ ވަނަ ޕެނަލްޓީ ނާކާމިޔާބުވީ މިހާރު އިންގްލެންޑްގެ ކޯޗަކަށް ހުރި ގެރެތު ސައުތުގޭޓް އެވެ. އެހެންކަމުން، މިރޭގެ މެޗަކީ ސައުތުގޭޓަށް ވެސް ވަރަށް ހާއްސަ މެޗަކަށްވާނެ އެވެ.

މިރޭގެ މެޗު ކުޅޭނީ ވެމްބްލީ ސްޓޭޑިއަމްގަ އެވެ. އަމިއްލަ ގައުމުގައި މެޗު ކުޅުމަކީ އިންގްލެންޑަށް ލިބޭ އިތުރު ހިތްވަރެކެވެ. އެކަމަކު މާޒީގެ ނަތީޖާތަކަށް ބަލާއިރު، ވެމްބްލީގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް ޖަރުމަނު ބައްޔެއްނުވެ އެވެ.

"މިއީ ތާރީހު ބަދަލުކޮށްލަން މި ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް،" ސައުތުގޭޓް ބުންޏެވެ. "މިހާތަނަށް ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ނޮކްއައުޓް މެޗުން އިންގްލެންޑް މޮޅުވީ އެންމެ ފަހަރަކު. އެހެންކަމުން މިއީ ތާރީހު ބަދަލުކޮށްލަން މި ކުޅުންތެރިންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް."

އިންގްލެންޑާއި ޖަރުމަން މިރޭ ބައްދަލުކުރާ މެޗު ފަށާނީ 21:00ގަ އެވެ.