ކެއްކުމުގެ ޝޯ "ލަމްސް ކިޗަން"ގެ މި ސީޒަންގެ އެންމެ ފަހު އެޕިސޯޑް މީޑިއާ ނެޓްގެ މަލްޓި-ސްކްރީނުގައި މިއަދު ރިލީޒް ކުރަން ނިންމައިފި އެވެ.
01 ޖުލައި 2021
ކެއްކުމުގެ ޝޯ "ލަމްސް ކިޗަން"ގެ މި ސީޒަންގެ އެންމެ ފަހު އެޕިސޯޑް މީޑިއާ ނެޓްގެ މަލްޓި-ސްކްރީނުގައި މިއަދު ރިލީޒް ކުރަން ނިންމައިފި އެވެ.
މި ޝޯގެ 12 ވަނަ އެޕިސޯޑް މަލްޓި-ސްކްރީނުންނާއި އެމްއެސްޓީވީން ވެސް މިއަދުން ފެށިގެން ފެންނައިރު، ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ މެދުގައި ކެއްކުމުގެ ޗެލެންޖުތަކެއް ޝޯ ގައި ދައްކުވައިދޭނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.
މިހާތަނަށް ދެއްކި މި ޝޯތަކުގައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުން ކަމަށްވާ އަބްދުﷲ މުއާޒާއި ރަވީ ފާރޫގައި މީރާ މުހައްމަދާއި މަރިޔަމް އައްޒަ އާއި މަރިޔަމް މައިޝާ ފެނިފައިވެ އެވެ. އެންމެ ފަހު އެޕިސޯޑުގައި ފެންނާނީ އަޒޭ އާއި ރިޝްފާގެ ދެމެދުގައި ކުރިއަށް ގެންދާ ކެއްކުމުގެ ވާދަވެރި ކަމެވެ.
މީޑިއާ ނެޓްގެ މަލްޓި-ސްކްރީނަކީ މުނިފޫހިފިލުވުމަށް ހާއްސަ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް، ދިވެހި ތަފާތު ސީރީޒްތަކާއި ޝޯތައް ބަލައިލެވޭނެ އެވެ. މަލްޓިސްކްރީނުން، ލައިވް ޓީވީގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ފިލްމާއި ސީރީޒް ވެސް ބަލައިލެވޭނެ އެވެ.
މީޑިއާ ނެޓުން އެމްއެސްޓީވީގެ އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފައިވާއިރު، އެ އެޕްލިކޭޝަން ފްލޭ ސްޓޯރުން އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރެވޭނެ އެވެ. މީޑިއާ ނެޓްގެ އެމްއެސްޓީވީ އެޕްލިކޭޝަން ބޭނުންކޮށްގެން ޓީވީން ވެސް މީޑިއާ ނެޓްގެ ޝޯތަކާއި ޑްރާމާތައް ބެލޭނެ އެވެ.
"ސީއެންއެން ހީރޯސް" މީޑިއާނެޓުން ބަލައިލެވޭނެ
މީޑިއާނެޓްގެ މަލްޓި ސްކްރީނަށް "ބޮލީވުޑް ސަންޑޭސް"
"ސްކުއިޑް ގޭމް"ގެ ފަހު ސީޒަންގައި އެންމެ ހަ އެޕިސޯޑު
އަރްޔަންގެ ސީރީޒަށް ލަކްޝްޔާ އާއި ސަހޭރް
ޕަރްވީން ބާބީގެ ރޯލު ކުޅެން ތުރިޕްތީ ހަމަޖައްސައިފި
ގޯލްޑެން ގްލޯބްސްގައި ވިދާލީ "އެމިލިއާ ޕެރޭޒް"
"ސްކުއިޑް ގޭމް 2" 93 ގައުމެއްގެ އެއްވަނައިގައި
"ޑޫން: ޕްރޮފެސީ"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އަޕްޑޭޓެއް