Roadha Mihaaru
މިއީ ޒުވާނުންގެ ގައުމެއް: ރައީސް

މިއީ ޒުވާނުންގެ ގައުމެއް، ކުރިއަށް ދާނީ ޒުވާނުންގެ ހިއްސާއާ އެކު: ރައީސް

23 ނޮވެމްބަރ 2016

ރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ޒުވާން ގައުމެއް ކަމަށާއި ރާއްޖެ އަބަދު ވެސް ކުރިއަށް ދާނީ ޒުވާނުންގެ ހިއްސާއާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ޒުވާން ގައުމެއް ކަމަށާއި ރާއްޖެ އަބަދު ވެސް ކުރިއަށް ދާނީ ޒުވާނުންގެ ހިއްސާއާ އެކު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ޒުވާނުގެ ރަސްމީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުވައި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު، ރާއްޖެ އަކީ ވަރަށް ނަސީބު ރަނގަޅު ގައުމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ދިމާވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށް ވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ވެސް ޒުވާނުންނަކީ ހަރުދަނާ، ހިންގުންތެރި، ޒިންމާދާރު، ގައުމާއިގެން ކުރިއަށް ދާނެ ބަޔަކަށް ހެދުމަށެވެ. އެގޮތުން ކެބިނެޓަށާއި ރާއްޖޭގެ އެކި މުއައްސަސާތަކަށް ބަލައިފި ނަމަ އެ ތަންތަނުގައި މަސައްކަތް ކުރާ ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މިއަދުގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަކީ ޒުވާނުން ކަމަށް ވަންޏާ މީގެ މާނަ އަކީ ކުރިއަށް އޮތް، އަންނަން އޮތް ޖީލު އެކީގަ ވެގެން ދާނީ ޒުވާނުންގެ އާބާދީ އަކަށް. އެހެންވީމާ ދެން ވެސް އަޅުގަނޑުމެންގެ ކުރިއަށް ހުރި މަޝްރޫއުތައް ބިނާވެގެން ދާން ޖެހޭނީ ޒުވާނުންނަށް ފުރުސަތު ހޯދައި ދޭން. ޒުވާނުންގެ ކަންތައްތައް އިތުރުކޮށް ދޭން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުން ޒުވާނުން ބޭނުންވާ ކަންތައްތައް ކޮށް ދިނުމަށް ވެސް މަސައްކަތް ކުރަނީ ޒުވާނުންގެ މުހިއްމުކަން ގައުމަށް ބޮޑުވުމުން ކަމަށެވެ. އެގޮތުން ޒުވާނުންގެ ސިޓީގެ އިތުރުން، ބޯހިޔާވަހިކަމާ އެކު ތަފާތު ވަސީލަތްތައް ގާއިމުކޮށް ދިނުމަށް، ސަރުކާރުން އިސްކަން ދެނީ ގައުމު ބިނާ ކުރަން ތިބި ބަޔަކީ ޒުވާނުން ކަމަށް ވާތީ ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ޔޫތު މިނިސްޓްރީ

"ރާއްޖެއަކީ މިއަދު ވެސް މާދަމާ ވެސް އަދި އަނެއް ދުވަހު ވެސް ޒުވާނުންގެ ގައުމެއް. ހުޅުމާލެ މިހާރު އާރާސްތު ކުރެވެމުންދާ ގޮތަށް ބަލަންޏާ އެއީ ޒުވާނުންގެ އުންމީދާއި ދިރުމާ ގުޅިފައި ހުރި ކަންކަން. އެއީ ކޮންމެހެން ރައީސް ޔާމީން ރަނގަޅުވެގެން ކުރާ ކަމެއް ނޫން. އެއީ ރައީސް ޔާމީން ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

"އަދި މީގެ ކުރީގަ ތިއްބެވި ރައީސުން ވެސް ކުރައްވަން ޖެހިފައި ހުރި ކަންކަން. ހުޅުމާލޭގައި މި ކުރެވޭ މަސައްކަތުގެ ތެރޭގައި އިންފްރާސްޓްރަކްޗާ އިތުރު ކުރުމުގެ އިތުރަށް ކުރެވޭ އެންމެ ބޮޑު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވިގެން ކުރެވޭ ކަންތައްތަކުގެ ތެރޭގައި ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުން."

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގައި ހުރީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެވެ. އެހެންވެ އެ ވަޒީފާތަކުގެ ބޭނުން ދިވެހި ޒުވާނުން ހިފަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހާއި ކެބިނެޓްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

ރައީސް ޔާމީން ވިދާޅުވީ 94،000 ވަޒީފާ ދިވެހި ޒުވާނުންނަށް އުފައްދާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އިބްރާހީމް ނާސިރު އިންޓަނެޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރަައްގީ ވެގެން ދިއުމާއި މި ދައުރުގެ ތެރޭގައި އިތުރު 50 ރިސޯޓް ހުޅުވާއިރު، އެއަށް ވުރެ މާގިނަ ވަޒީފާ ރާއްޖޭގައި އުފެދޭނެ ކަމަށެވެ. މީގެ އިތުރަށް ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމާއި ޒުވާން ވިޔަފާވެރިވެރިން އުފެއްދުމަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ގެޓްސެޓް ލޯން ޕްރޮގްރާމް ފަދަ ކަންކަމަކީ ހަމަ ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ހުޅުވައިދޭ ފުރުސަތުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެން ދިއުމަކަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މަސީހް އަދި ސަރުކާރުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

"މީގެ ބޭނުމަކީ ގެސްޓް ހައުސް ވިޔަފާރި އާއި އިންޓަގްރޭޓެޑް ޓޫރިޒަމްގެ ތެރެއިން ވީހާ ވެސް ގިނަ ޒުވާނުންތަކަކަށް ކުޑަކުޑަ ރައުސުލްމާލެއް ހިފައިގެން ނޫނީ އެވަރުގެ ބޮޑު އާމްދަނިއެއް ނުލިބޭ މީހުންނަށް ވެސް ޓޫރިޒަމްގެ ސިނާއަތަށް ކޮންމެވެސް ފެންވަރެއްގައި ވަދެވުމުގެ ޖާގަ ތަނަވަސްކޮށް ދިނުން،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި މުނިފޫހިފިލުވުމުގެ އައިޓަމެއް ހުށަހަޅަނީ.---ފޮޓޯ: ޔޫތު މިނިސްޓްރީ

އެ މަނިކުފާނު ވިދާޅުވީ ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު ރައުސްމާލު ކަމަށެވެ. އެހެންވެ ޒުވާނުން ބާރުވެރިކޮށް، ބަސް ވިކޭ ބަޔަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެގޮތުން މިރޭ ޒުވާނުންގެ އިނާމު ހޯދި މީހުންނަކީ ވެސް މުޖުތަމައުގައި ރޯލް މޮޑެލުން ކަމަށާއި، ކުރިއަށް ދާން ބޭނުންވާ އެހެން ޒުވާނުން ވެސް އެ މީހުން ނަމޫނާއަކަށް ބެލުމަށް ރައީސް ގޮވައިލެއްވި އެވެ. އަދި ކުށުގެ ރެކޯޑެއް ނެތި ދިރިއުޅުން ބައްޓަން ކުރިއަށް ގެންދާ ޒުވާނުންނަކީ ގައުމަށް ވަރަށް އަގުހުރި ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.