Roadha Mihaaru
ވަޒީފާއިން ވަކިކުރުމުން އިޔާޒު ޓްރައިބިއުނަލް އަށް

ވަޒީފާއިން ވަކިކުރި މައްސަލައިގައި އިޔާޒު ޓްރައިބިއުނަލް އަށް

04 ޖުލައި 2021

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން މިދިޔަ ބުރާސްފަތި ދުވަހު ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ ވަޒީފާއިން މިދިޔަ ބުރާސްފަތި ދުވަހު ޑރ. މުހައްމަދު އިޔާޒު އަބްދުލްލަތީފު ވަކި ކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ދީނީ އިލްމުވެރިޔާ އިޔާޒް ވިދާޅުވީ މި މައްސަލަ ޓްރައިބިއުނަލް އަށް ހުށަހެޅުމުގެ މަސައްކަތް އޭނާގެ ވަކީލުން ކުރައްވަމުން އަންނަ ކަމަށެވެ.

މި މައްސަލައިގެ އިތުރުން މި އަހަރުގެ މާޗް މަހު އިޔާޒް ސަސްޕެންޑް ކުރި މައްސަލަ މިހާރު ވެސް ޓްރައިބިއުނަލްގައި އެބައޮތެވެ. އެގޮތުން މި މައްސަލަ ވަޒީފާ އާ ބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި ފަހުން ތިން މަހަށް ވުރެ ގިނަ ދުވަސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިޔާޒް ވަޒީފާއިން ވަކިކުރީ، އޭނާ އަށް ޔުނިވާސިޓީން އިންޒާރު ދީފައި އޮއްވާ ވެސް ސޯޝަލް މީޑިއާގައި، އާންމުންގެ ތެރޭ ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން، ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވާތީ ކަމަށް އެމްއެންޔޫ އިން ބުނެފައި ވެއެވެ.

އިޔާޒް ވަކިކޮށްފައި މި ވަނީ، އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވެ، އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ބަލަމުން ދަނިކޮށެވެ. ނަމަވެސް، އިޔާޒު ވިދާޅުވެފައި ވަނީ، އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ އެއީ ދީނުގައި އޮތް ކަމެއް ނޫން ކަމަށް ބަޔަކު ބުނާތީ އެކަމުގެ ހަގީގަތް ހާމަކުރުމަށް ކަމަށެވެ.