24 ނޮވެމްބަރ 2016
އެމްވީ މެޑިކަލްސް އިން ބާއްވާ ފުރަތަމަ މެޑިކަލް އެކްސްޕޯ 16 ސްޓޯލާއެކު މިއަދު ފަށައިފި އެވެ.
އެމްވީ މެޑިކަލްސް އިން ބާއްވާ ފުރަތަމަ މެޑިކަލް އެކްސްޕޯ 16 ސްޓޯލާއެކު މިއަދު ފަށައިފި އެވެ.
މެއިން ސްޕޮންސާ އަކަށް އޭޑީކޭ ހަމަޖައްސާފައިވާ މި އެކްސްޕޯގައި ރާއްޖޭގައި ސިއްހީ ހިދުމަތްތައް ދޭ އެކި ސެންޓަރުތަކާއި އިންޑިއާ އާއި ސްރީ ލަންކާގެ ބޮޑެތި ހޮސްޕިޓަލްތައް ބައިވެރިވެ އެވެ.
މި އެކްސްޕޯ ފެށުމަށް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާއްޖޭގައި ވެސް ރަނގަޅު ސިއްހީ ހިދުމަތްް ދޭ ތަންތަން އެބަހުރި ކަމަށާއި އެކަމުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ރަނގަޅަށް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން ދޭ ފަރުވާތަކަކީ ދުނިޔޭގެ އެހެން ހޮސްޕިޓަލްތަކުގައި ވެސް ދެމުން އަންނަ ފަރުވާތައް ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކަމަން އޭނާ ފާހަގަކުރެއްވި އެވެ.
އެމްވީ މެޑިކަލް އިން ބާއްވާ އެކްސްޕޯގެ ސްޓޯލެއްގައި މީހަކު ހަރަކާތްތެރިވަނީ،-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"އައިޖީއެމްއެޗާއި އޭޑިކޭ އަދި ރަށްރަށުގައި ހުންނަ ހޮސްޕިޓަލްތަކުން ވެސް މިދަނީ ކުރިން ނުދެވޭ ހިދުމަތްތައް ތައާރަފްކުރަމުން. އެކަން ރައްޔިތުން ބަލައިވެސް ގަނޭ. ނަމަވެސް އަދިވެސް އެބަހުރި ރައްޔިތުންނަށް ނޭނގޭ ކިތަންމެ ފަރުވާއެއް،" ހަބީބު ވިދާޅުވި އެވެ.
އެމްވީ މެޑިކަލް އިން ބާއްވާ ހެލްތު އެކްސްޕޯގެ ސްޓޯލެއްގައި ހެލްތް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން،-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ހަބީބު ވިދާޅުވީ އައިޖީއެމްއެޗްގައި އޮޕަރޭޝަންކޮށްފައި އޭގެ ފަހުން ހަދާ ޓެސްޓުތަކާ މެދު ހިތްހަމަނުޖެހިގެން ފަރުވާ ހޯދުމަށް ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދާ ކަމަށެވެ. ނަމަވެސް ހަބީބު ވިދާޅުވި ގޮތުގައި، ސިންގަޕޫރު ފަދަ ހޮސްޕިޓަލުތަކަށް ފަރުވާ ހޯދަން ދިއުމުން، އެއީ ދުނިޔޭގެ ކޮންމެ ދިމާލަކަށް ދިޔަ ކަމުގައި ވިޔަސް ލިބޭނެ ފަރުވާކަމަށް ބުނެފައި އެބަހުއްޓެވެ.
އެމްވީ މެޑިކަލް އިން ބާއްވާ ހެލްތް އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވާހަކަދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"އައިޖީއެމްއެޗް އިން މީހަކު އޮޕަރޭޝަނެއް ކޮށްފައި އޭގެ ފޮލޯއަޕް އައިޖީއެމްއެޗް އިން ހަދަން ހިތްހަމަނުޖެހިގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލަށް މި ދިޔައީ. ދިޔަތަނާ އެ ހޮސްޕިޓަލުން މި ބުނަނީ އެއީ ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ލިބޭނެ އެންމެ ރަނގަޅު ފަރުވާއޭ އެ ލިބުނީ،" ހަބީބު ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހާ ހަމައަށް ބާއްވާ މި އެކްސްޕޯގައި އެކި ހޮސްޕިޓަލްތަކުން ދޭ ފަރުވާތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށް އެމްވީ މެޑިކަލް އިން ބުންޏެވެ.
ސިއްހީ މައުލޫމާތު ދޭން ނުކުންނަންޖެހޭ: އަފްއާލް
އޭޑީކޭއިން މުވައްޒަފުންގެ އަގުވަޒަންކޮށްފި
"މިއީ ސިއްހީ ދާއިރާއަށް އިންވެސްޓްކުރަންވީ ވަގުތު"
ކެންސަރު ދެނެގަތުމަށް ހަދާ ސްކޭން އޭޑީކޭގައި ފަށައިފި
މެޑިކަލް ފެސިލިޓީއެއް ހަދަން އޭޑީކޭއާ ހަވާލުކޮށްފި
އޭޑީކޭ އިން ކާމިޔާބުކަމާއެކު އާ އޮޕަރޭޝަނެއް ކޮށްފި
އޭޑީކޭއަށް ގެންދިޔައިރު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް ޓެސްޓަށް ނަގަނީ ވަރަށް ކުޑަ އަގެއް: އަފްއާލް
އޭޑީކޭގެ މުވައްޒަފުން އައިޖީއެމްއެޗްގައި ވެސް ޑިއުޓީކުރި
އެންޓިބޮޑީ ޓެސްޓު މުހިންމީ މި ހާލަތަށް ފަހު: އަފްއާލް