Roadha Mihaaru
ސްޓާ ޕްލަސް އަށް "ޒިންދަގީ މޭރޭ ގަރް އާނާ"

ސްޓާ ޕްލަސް އަށް "ޒިންދަގީ މޭރޭ ގަރް އާނާ"

09 ޖުލައި 2021

ސްޓާ ޕްލަސް އިން އާ ސިލްސިލާއެއް އިއުލާންނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން، އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން އާ ސިލްސިލާއެއް އިއުލާންނުކުރާތާ ގިނަ ދުވަސްތަކެއް ފަހުން، އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ ސިލްސިލާގެ ނަމަކީ "ޒިންދަގީ މޭރޭ ގަރް އާނާ" އެވެ. މީގެ ޕްރޮމޯ އިން ފެންނަ ގޮތުގައި މިއީ މާބަނޑު އަންހެނަކާއި ގެއަށް މެހުމާނެއްގެ ގޮޮތުގައި އަންނަ ވަރަށް ގޮތުގައި ހުންނަ ޒުވާނެއްގެ މެދުގައި އުފެދޭ ގުޅުމެއް ދައްކުވައި ދޭނެ އެއްޗެކެވެ.

"ޒިންދަގީ މޭރޭ ގަރް އާނާ" އިން ކުރިން ވެސް ސިލްސިލާތަކުން ފެނިފައިވާ ގިނަ ތަރިންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގއި ހުސައިން ޒައިދީ، އީޝާ ކަންސާރާ، ސުދީރު ޕާންޑޭ، އަނީތާ ކަންވަލް، އިޝާން ދަވަން، އަންކިތު ނަރަންގް، ޝްވޭތާ ގޯތަމް، ޕްރީތީ މިޝްރާ، ޑޯލީ ޗާވްލާ، ކުނާލް ސިންގް ޖެރާތު، އަބީޝެކް ސޯނީ އަދި ޝްވަތީ ޝާހް ފަދަ ތަރިން ހިމެނެ އެވެ.

އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށް ބެލެވޭ "ޒިންދަގީ މޭރޭ ގަރް އާނާ" ގެ ޑައިރެކްޓަރަކީ ރާހިބް ސިއްދީގީ އެވެ.

ސްޓާ ޕްލަސް މިހާރު ގެނެސްދޭ ސިލްސިލާތަކުގެ ތެރޭގައި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"، "އަނޫޕަމާ"، "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ"، "އިމްލީ"، "ސާތު ނިބާނާ ސާތިޔާ 2" އަދި "ޕާންޑިއާ ސްޓޯރް" ހިމެނެ އެވެ.