Roadha Mihaaru
"ޒިންދަގީ މެރެ ގަރް އާނާ" ފަށާނީ މިރޭ

ސްޓާ ޕްލަސްގެ "ޒިންދަގީ މެރެ ގަރް އާނާ" ފަށާނީ މިރޭ

26 ޖުލައި 2021

ސްޓާ ޕްލަސް އިން ޕްރޮމޯ ދައްކަމުން އަންނަ އާ ސިލްސިލާ "ޒިންދަގީ މެރެ ގަރް އާނާ" މިރޭ ދައްކަން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސް އިން ޕްރޮމޯ ދައްކަމުން އަންނަ އާ ސިލްސިލާ "ޒިންދަގީ މެރެ ގަރް އާނާ" މިރޭ ދައްކަން ތައްޔާރުވެއްޖެ އެވެ.

އެ ސިލްސިލާ ގެނެސްދޭނީ ކޮންމެ ހަފުތާއެއްގެ ހޯމައިން ހޮނިހިރު ދުވަހުގެ ރެއާ ހަމައަށް ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގަ އެވެ.

"ޒިންދަގީ މެރެ ގަރް އާނާ" އަކީ ހުވަފަތްވެފައިވާ މާބަނޑު އަންހެނަކާއި ގެއަށް ކުއްޔަށް އަންނަ ޒުވާނަކާ ދެމެދު އުފެދޭ ގުޅުމެއް ފެނިގެންދާނެ އެއްޗެކެވެ. މީގެ ލީޑް ކުޅެފައި ވަނީ ހުސައިން ޒައިދީ އާއި އީޝާ ކަންސާރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސުދީރް ޕާންޑޭ، އަނީތާ ކަންވަލް، އިޝާން ދަވަން އަދި އަންކިތު ނަރަގަންގް ހިމެނެ އެވެ.

"ޒިންދަގީ މެރެ ގަރް އާނާ" ގެ ޑައިރެކްޓަރަކީ ރާހިބް ސިއްދީގީ އެވެ. މީގެ ޓައިޓްލް ލަވަ މިހާރު ވެސް އާންމުންގެ ތެރޭގައި މަގުބޫލުވެފައިވާ އިރު، ލަވަ ކިޔާފައި ވަނީ ބޮލީވުޑްގެ ފިލްމުތަކަށް ވެސް ލަވަކިޔާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް އެވެ.

"ޒިންދަގީ މެރެ ގަރް އާނާ" ޕްރޮމޯޓްކޮށް ދިނުމުގައި ވެސް އޭނާ ހިއްސާވެ އެވެ.