Roadha Mihaaru
"ޔޭ ރިޝްތާ..."ގެ ބަދަލުތަކާ އެކު އާ ޕްރޮމޯއެއް

"ޔޭ ރިޝްތާ ކިޔާ ކެހެލެތާ ހޭ" އަށް ގެންނަ ބަދަލުތަކާ އެކު އާ ޕްރޮމޯއެއް

13 އޮކްޓޯބަރ 2021

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އޭގެ ލީޑް ދެ ތަރިން ކަމަށްވާ މުހުސިން ޚާނާއި ޝިވާންގީ ޖޯޝީ ވަކިވާން ނިންމާފައިވާތީ އެ މީހުންނާ ނުލައި ދެން އޭގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ތަސައްވުރާ އެކު އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އޭގެ ލީޑް ދެ ތަރިން ކަމަށްވާ މުހުސިން ޚާނާއި ޝިވާންގީ ޖޯޝީ ވަކިވާން ނިންމާފައިވާތީ އެ މީހުންނާ ނުލައި ދެން އޭގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތުގެ ތަސައްވުރާ އެކު އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

އެ ޕްރޮމޯ މުހްސިން (ކާތިކް) އާއި ޝިވާންގީ (ނައިރާ) ގެ ލޯބީގެ މަންޒަރަކުން ފެށުމަށް ފަހު ނިންމާލާފައި ވަނީ ކާސްޓުން ދެން ފެންނާނެ އާ ދެ އަންހެން ފަންނާނަކާ އެކީގަ އެވެ. "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާ 2016 ގައި ގުޅުނު މުހުސިނާއި ޝިވާންގީ އެ ދޫކޮށްލަން ނިންމީ ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ޖެހުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެ ތަރިން ވަރަށް އަަވަހަށް ސިލްސިލާ އިން ގެއްލި، އޭގެ އާ ކާސްޓާ އެކު ވާހަކަ އަށް އަންނަ ބޮޑު ބަދަލު ފެންނަން ފަށާނެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ޝިވާންގީ އާއި މުހުސިން އެ މީހުންގެ އެންމެ ފަހުގެ މަންޒަރުތައް ޝޫޓްކޮށް ނިންމައިލީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.

ދެ ތަރިން "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލުމަށް ފަހު، ކަލާޒް އިން މިހާރު ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް 15" ގައި ބައިވެރިވާނެ ކަމުގެ އަޑުތަކެއް ވެސް ކުރިން އެރި އެވެ. އެކަމަކު އެކަންވީ ބިލާހަކަށެވެ.

ސްޓާ ޕްލަސް އިން 2009 އިން ފެށިގެން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ލީޑް ދެ ތަރިއަކު ކުރިން ވެސް އެއިން ވަކިވެފައިވެ އެވެ. އެއީ މުހުސިނާއި ޝިވާންގީގެ ކުރިން އޭގެ ލީޑް ނައިތިކްގެ ރޯލު ކުޅުނު (ކަރަން މެހެރާ) އާއި އަކްޝަރާގެ ރޯލު ކުޅުނު (ހީނާ ޚާން) އެވެ.