Roadha Mihaaru
އިންކުއަރީ ރިޕޯޓް ފާސްކޮށް މަޖިލިސް ޗުއްޓީ އަށް

އިންކުއަރީ ރިޕޯޯޓް ފާސްކޮށް މަޖިލިސް ޗުއްޓީ އަށް

09 ޖުލައި 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީީހުނން ހެދި އިންކްއަރީގެ ރިޕޯޓް ރޭ ވަރަށް ދަންވީ ފަހުން ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން އިރު އެމަނިކުފާނުގެ ސެކިއުރިޓީ ބްރީީޗްވި ގޮތް ބަލަން ރައްޔިތުންގެ މަޖިލީީހުނން ހެދި އިންކްއަރީގެ ރިޕޯޓް ރޭ ވަރަށް ދަންވީ ފަހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު މިދިޔަ މަހު ނިމެން އޮތް ނަމަވެސް ދައުރު ދަަންމާލައި އިއްޔެއާ ހަމައަށް ޖަލްސާތައް ކުރިއަށް ގެންދިޔައީ އިންކުއަރީ ނިންމުމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައް ކުރުމަށް ޓަކަ އެވެ. އިއްޔެއަކީ އެގޮތުން އިތުރު ކުރި ދުވަސްތަކުގެ ތެރެއިން އެންމެ ފަހު ދުވަސްކަމަށް ވާތީ މަޖިލީހުން އިއްޔެ ދެ ޖަލްސާއެއް ބޭއްވި އެވެ. ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީގެ ރިޕޯޓަށް ބަހުސްކޮށް ފާސްކުރީ އެގޮތުން ބޭއްވި ދެވަަނަ ޖަލްސާ ގަ އެވެ.

ރޭ އިރާކޮޮޅު ފެށި ޖަލްސާ މެންދަމުން އަލިވެ އެތައް ވަންދެން ކުރިއަށް ގެންދިޔަ އެވެ. ޖަލްސާ އެހާ ދިގުލައިގެން ދިޔައީ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަން އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދީ ނިމެންދެން ވަގުތު އިތުރުކުރަން ފާސްކުރުމުންވެ. އެގޮތަށް ފާސްކޮށްގެން އިތުރު ކުރި ވަގުތާ އެކު މަޖލީހުގެ ރޭގެ ޖަލްސާ ގާތްގަނޑަކަށް ހަތް ގަޑިއިރަށް ދެމިގެން ދިޔަ އެވެ.

އިންކްއަރީ ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމަން ރޭ ނެގި ވޯޓުގައި މަޖިލީހުގެ 87 މެމްބަރުންގެ ތެެރެއިން 58 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ރިޕޯޓް ފާސްކުރީ އެެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ރިޕޯޓް ފާސްކުރީ މަޖިލީހުން ގެނައި އިސްލާހަކާ ވެސް އެކުގަ އެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި އެ އިސްލާހަކީ ރިޕޯޓްގައިވާ ރިކޮމެންޑޭޝަންތަކުގެ ބަޔަށް ކަމެއް އިތުރުކުރުމެވެ. އެގޮތުން އިތުރުކުރަން އޭނާ ހުށަަހެޅުއްވީ ނަޝީދަށް ދިން ހަމަލާއަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނަށް ފަރުވާދެއްވި ޑޮކްޓަރުންގެ މަސައްކަތް ގައުމީ ފެންވަރުގައި ފާހަގަކުރުމަށެެވެ. އެ އިސްލާހު ވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ، ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 59 މެމްބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވުނީ ރިޔާސަތު ބަލަހައްޓަވަން އިންނެވި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށެވެ. މަޖިލީހުގެ ރިޔާސަތުން ވޯޓެއްގައި ބައިވެރިވާނީ ވޯޓު ދެކޮޅަށް ހަމަަހަމަވެ، ގޮތެއް ނުނިމޭ ހާާލަތްތަކުގައި އެކަންޏެވެ.

ރޭގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިރާދާކުރެއްވިއްޔާ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ ރިޔާސަތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުުރުގެ ޖަލްސާތައްް ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.