Roadha Mihaaru
28 އާއި 29 ވެސް ބަންދު؛ 16 ދުވަހުގެ ޗުއްޓީއެއް

މިނިވަން ދުވަހާއި އީދަށް 16 ދުވަހުގެ ޗުއްޓީއެއް؛ 28 އާއި 29 ވެސް ބަންދު

13 ޖުލައި 2021

ބޮޑު އީދާއި މިނިވަންދުވަހުގެ ބަންދަށް ފަހު އަންނަ ހަފްތާގައި ސަރުކާރު ހުޅުވަން ކުރިން ހަމަޖައްސާފައި އޮތް ޖުލައި 28 ވަނަ ދުވަހާއި 29 ވަނަ ދުވަސް ވެސް ބަންދުގެ ގޮތުގައި ހަމަޖައްސައި ޗުއްޓީ އިތުރަށް ދިގުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބޮޑު އީދާއި މިނިވަންދުވަހުގެ ބަންދަށް ފަހު އަންނަ ހަފްތާގައި ސަރުކާރު ހުޅުވަން ކުރިން ހަމަޖައްސާފައި އޮތް ޖުލައި 28 ވަނަ ދުވަހާއި 29 ވަނަ ދުވަސް ވެސް ބަންދުގެ ގޮތުގައި ހަމަޖައްސައި ޗުއްޓީ އިތުރަށް ދިގުކޮށްލައިފި އެވެ.

ކުރިން އޮތީ 15 ވަނަ ދުވަހާއި 25 ވަނަ ދުވަސް ވެސް ބަންދުކަން އިއުލާނުކޮށްފަ އެވެ.

އަންނަ ހުކުރު ދުވަހުން ފަށައިގެން ސަރުކާރުން ބަންދުވާ އިރު، 28 އަދި 29 އަކީ ބަންދުދުވަސްތައް ކަމަށް ހަަމަޖެއްސުމުން 16 ދުވަސް ބަންދުވާނެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސީ އީދާއި މިނިވަން ދުވަހާ ގުޅިގެން އަންނަ ޗުއްޓީގައި އަދި އެނޫން ބޭނުންތަކުގައި ވެސް ރަށުން ބޭރަށްދާން ބޭނުންވާ މީހުންނަސް ދަތިތަކެއް ކުރިމަތިވެދާނެތީ ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން އީދާއި މިނިވަން ދުވަހުގެ ބަންދަށް ފަހު އޮފީސްތައް ދެން ހުޅުވާނީ އަންނަ މަހުގެ އެކެއް ގަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން އައި ފަހުން އެ ބަލި ފެތުރިފައިވާ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމުގައި ކަރަންޓީނުވާން ޖެހޭ ގޮތަށް އޮތުމަށް ފަހު، ވަކި ޝަރުތުތަކެއް ހަމަވާ މީހުންނަށް މިހާރު ވަނީ ލުއިދީފަ އެވެ. އެގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނާއި އެ ބަލިން ދިފާއުވާ ވެކްސިން ޖަހާފައިވާ މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.

މި ލުއިތަކާއި އެކު މިފަހަރުގެ އީދު ބަންދާއިި މިނިވަންދުވަހުވެ ބަންދު ވެގެންދާނީ ބަލިމަޑުކަން އައި ފަހުން އެންމެ ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ޗުއްޓީއަށެވެ. ސަރުކާރުގެ ވަޒީފާތައް ފިޔަވާ އެހެން މަސައްކަތްތައް ކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވެސް ވަނީ މާލެއިން އެހެން ރަށްތަކަށް ގޮސްފަ އެވެ.