Roadha Mihaaru
ރޯދަމަހުގެ ރަސްމީގަޑިއަކީ ހެނދުނު 9-1 އަށް

ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެެންދުރު 1 އަށް

26 ފެބުރުއަރީ 2024

ކުރިއަށް އޮތް އަހަރުގެ ރޯދަމަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރިއަށް އޮތް އަހަރުގެ ރޯދަމަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އާ ހަމައަށް ކަމަށެވެ.

އެ އޮފީހުން ބުނިގޮތުގައި، ރޯދަމަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އަށް ކަމަށް ކަނޑައަޅާފައި ވަނީ 2022 ގަ އެވެ. އެވެ. އެހެންވެ، އެހެން އަހަރުތަކޭ އެއްގޮތަށް މި އަހަރު ވެސް ރަސްމީ ގަޑީގެ ގޮތުގައި ހަތަރު ގަޑިއިރު ކަނޑައަޅަން ނިންމިއިރު ރައީސް އޮފީހުން ވަނީ އެ މުއްދަތުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ސަމާލުކަން ދޭން އިލްތިމާސްކޮށްފަ އެވެ.

ރޯދަމަހުގައި އަޅުކަން ކުރުމަށް އެންމެންނަށް ވީހާ ވެސް ގިނަ ވަގުދު ދިނުމުގެ ގޮތުން ރައީސް މުއިއްޒު ނިންމަވާފައި ވަނީ މި އަހަރުން ފެށިގެން ކޮންމެ ރޯދަމަހެއްގެ ފަހު 10 ގައި ސަރުކާރު ބަންދުކުރާ ގޮތަށެވެ.

ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ މަހުގެ 11 ވަނަ ދުވަހެވެ. އެހެންވެ، ހަނދު ސާބިތުކުރަން ނިންމާފައި ވަނީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ.