Roadha Mihaaru

މިނިވަން ދުވަހުގެ ރަސްމީ ބައްދަލު ކުރެއްވުން ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުވުން މިރޭ ބާއްވައިފި އެވެ.

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 ޖުލައި 2023

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުވުން މިރޭ ބާއްވައިފި އެވެ.

މާދަމާ ފާހަގަކުރާ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބޭއްވި މިރޭ މާލޭގައި ބޭއްވި ބައްދަލުވުމުގައި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ހެނދުނު އޮންނާނެ އެވެ.

އެ ޖަލްސާގައި މިއަހަރުގެ ގައުމީ އިނާމު ވެސް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.