ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ ބޭންކް އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި އެވެ.
14 ޖުލައި 2021
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާ ބޭންކް އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި އެވެ.
ސުޕްރީމް ކޯޓާއި ޖަސްޓިސް ބިލްޑިންގާ ދެމެދު ހުންނަ މ. ކަނީރުވިލާގެ ދެވަނަ ބުރީގައި ހުންނަ އެސްޑީއެފްސީގެ އޮފީސް ފަޅާލައި ވައްކަން ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު ނުވައެއް ޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަން އެ އިމާރާތުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގްރީން ޒޯނުގައި ހުންނަ އެ އޮފީސް ފަޅާލިއިރު، އެއީ ސެކިއުރިޓީ ކެމެރާ ހަރުކޮށް، ސަލާމަތީ ކަންކަން ރަނގަޅަށް ބަލަހައްޓަމުން އަންނަ އިމާރާތެއް ވެސް މެ އެވެ. އަދި ސުޕްރީމް ކޯޓާއި ޖަސްޓިސް ބިލްޑިންގްގައި ހުންނަ ކެމެރާތަކުން ވެސް އެ ސަރަހައްދު ރަނގަޅަށް މޮނީޓަ ކުރެވޭނެ އެވެ.
އެސްޑީއެފްސީގެ އޮފީހުން ގެއްލުނީ ކޮން އެއްޗެއް ކަމެއް އަދި ސާފެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން އެ އޮފީހުގެ ބައެއް އަދި ނުލިބެ އެވެ.
އެސްޑީއެފްސީން އެއްވެސް އެއްޗެއް ނުގެއްލޭ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ގެއްލުނު ފަސް ލެޕްޓޮޕް ހޯދައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
ދުއްވާފައި ދަނިކޮށް ކަރުގައި އޮތް ފަށް ޖަހައިގެންފި