ކުދި އަދި މެދުފަންތީގެ ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ ބޭންކްގެ އޮފީހަށް ބަޔަކު ރޭ ވަން ނަމަވެސް އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
14 ޖުލައި 2021
ކުދި އަދި މެދުފަންތީގެ ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ ބޭންކްގެ އޮފީހަށް ބަޔަކު ރޭ ވަން ނަމަވެސް އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އަހުމަދު ޒީނާދު ވިދާޅުވީ، ސުޕްރީމް ކޯޓާއި ޖަސްޓިސް ބިލްޑިންގާ ދެމެދު ހުންނަ މ. ކަނީރުވިލާގެ ދެވަނަ ބުރީގައި ހިންގާ އެ އޮފީހަށް ބަޔަކު ވަނީ ފުރަގަހުގައި ހުންނަ ފެންލައިޓަކުން ކަމަށެވެ.
އެކަމަކު، އެއްވެސް އެއްޗަކަށް ގެއްލުން ދީފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޑީއެފްސީގެ އޮފީހުގައި ފައިސާއެއް ނުގެންގުޅެ އެވެ.
"ބެލެވެނީ ފައިސާ ހުންނާނެ ކަމަށް ބަލާ ބަޔަކު ވަނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު ނުވައެއް ޖަހާކަން ހާއިރު އެވެ. ގްރީން ޒޯނުގައި ހުންނަ އެ އޮފީހަކީ ސެކިއުރިޓީ ކެމެރާ ހަރުކޮށް، ސަލާމަތީ ކަންކަން ރަނގަޅަށް ބަލަހައްޓަމުން އަންނަ އިމާރާތެކެވެ.
ގްރީން ޒޯނުގައި ހުންނަ އެސްޑީއެފްސީ އޮފީސް ފަޅާލައިފި
ދެ ފިރިހެނުން ވައްކަންކުރަން އަންހެން ހެދުމުގައި!
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ޓްރާންސްފޯމަރު "ވަގަކު" އަނެއްކާވެސް ހުއްޓުވައިފި
ޓްރާންސްފޯމަރު ވަގުގެ ވަނަވަރު އާންމުކޮށްފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
ގޭބަންދުގައި ހުރި މީހަކު ވައްކަންކޮށްގެން ހައްޔަރު
ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި