14 ޖުލައި 2021
އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ޒިކުރާ މިސްކިތް ހުރި ބިން، އެ ކުންފުނިން އެދުނު ގޮތަށް އެހެން ފަރާތަކާ ހަވާނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
އޮފީސް ބައިތަކެއް ވެސް ހިމެނޭ ގޮތަށް 10 ބުރިއަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި ޒިކުރާ މިސްކިތް ހުރި ބިން، އެ ކުންފުނިން އެދުނު ގޮތަށް އެހެން ފަރާތަކާ ހަވާނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޖުލައި 9، 2018 ގައި ހަވާލުކުރި މަސައްކަތް، އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުގެންދާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލް ކުރުމަށް އޭޕްރީލް 2، 2019 ގައި އެސްޖޭ އަށް 30 ދުވަހުގެ ނޯޓިސް ދީފަ އެވެ.
އެހެންވެ، އެއީ ބާތިލް ނޯޓިހެއް ކަމަށާއި އެއްބަސްވުން އުވައިލަންޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށް ނުވަތަ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން އެސްޖޭ އަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އޭޕްރީލް 30، 2019 ގައި ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ.
ސިވިލް ކޯޓުން ވެސް މައްސަލަ ނިންމާފައި ވަނީ އެގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ. ނަމަވެސް އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރިޔަސް ސިވިލް ކޯޓުގެ އެ ގަޟިއްޔާ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު، ހުކުމުގައި ބުނީ ވަގުތީ އަމުރު ނެރުމުގައި ޝަރީއަތުން ރިއާޔަތް ކުރަންޖެހޭ އަސާސީ ތިން ޝަރުތެއް ނެކްސްބިޒް ކުންފުނީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އެއީ؛
1- ވަގުތީ އަމުރަށް އެދޭ ފަރާތަށް އެ ފަދައިން ވަގުތީ އަމުރަކަށް އެދުމުގެ ޝަހުސިއްޔަތު ލިބިގެން ވުން.
2- ވަގުތީ އަމުރަށް އެދޭ ފަރާތަށް ގާނޫނީގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތުން.
3- ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ ތަދާރުކު ނުކުރެވޭ ފަދަ އަދި އިއާދަ ނުކުރެވޭ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ އެ ދައުވާއާ ގުޅިގެން ވަގުތީ އަމުރަށް އެދޭ ފަރާތަށް ކުރިމަތިލާން ޖެހުން.
ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދު ރިޔާސަތު ބެލެހެއްޓެވި މައްސަލައިގައި ހުކުމުގައި ވަނީ، ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތު އެސްޖޭ އަށް ލިބިގެންވާ ކަމަށެވެ. އެކަމަކު، އެއްބަސްވުން ބާތިލްކުރުމުގެ ނޯޓިސް ފޮނުވިއިރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެސްޖޭ އިން ފަށާފައިވާކަން އެނގެން ނެތުމުން، އެ ކުންފުންޏަށް ގާނޫނީ ގޮތުން ހިމާޔަތް ލިބެންޖެހޭ މައުޟޫއީ ހައްގެއް ފާޅުކަން ބޮޑު ގޮތެއްގައި މި ވަގުތަށް ފެންނަން އޮތް ކަމަކަށް ނުބެލެވޭ ކަމަށް ހުކުމުގައި ވެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން ފާހަގަކޮށްފައިވަނީ ލިބިދާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރާ ގެއްލުންތަކެއް ކަމަށާއި ބަހުސްގެ ބޭނުމަށް ވަގުތީ އަމުރު ނެރެދިނުމަށް ކޯޓުން ކަނޑައެޅުމުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުން ވެދާނެ ކަމަށް ބެލިއަސް، އެ ގެއްލުމުގެ ސަބަބުން ބަދަލުނުދެވޭ ފަދަ ހާލަތެއް އެ މައްސަލައިގައި އޮތް ކަމަށް ނުބެލެވޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.
"އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު މި ހިނދަށް ނެރެދެވޭނެ ތަނެއް ނެތް ކަމަށް މި މައްސަލަ ބަލާ ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" ހުކުމުގައި ވެ އެވެ.
ޒިކުރާ މިސްކިތުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމުން، އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ ރޯދަ މަހަށް އެ ތަނުގައި ވަގުތީ މިސްކިތެއް ހަދައި ބޭނުންކުރަން ފަށައިފަ އެވެ.
ޒިޔާދުގެ މައްސަލައިގެ އިސްތިއުނާފް މާދަމާ ފަށަނީ
އެސްޖޭގެ ބަދަލު: މިސްކިތަކަށް 35 މިލިއަން ރުފިޔާ؟
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
ޒިކުރާގެ މައްސަލަ ހައްލުކޮށް ހުޅުމާލޭގައި މިސްކިތެއް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދޭތޯ ބަލަނީ
އެސްޖޭ އަށް ބަދަލު ދިނުން ކޯޓުން ބޭރުން ހައްލު ކުރަނީ
ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުުރަނީ
ސިޔާސީ މަގާމުގައި ދައުލަތާ ދެކޮޅަށް ވަކާލާތެއްނުކުރެވޭނެ
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް