ޒިކްރާ މިސްކިތުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތުން ބޭރުން ހައްލުކުރަން ދައުލަތުން އެދިއްޖެ އެވެ.
22 ޑިސެމްބަރ 2019
ޒިކްރާ މިސްކިތުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެސްޖޭ ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތުން ބޭރުން ހައްލުކުރަން ދައުލަތުން އެދިއްޖެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ އެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލްކުރުމުން 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ވަނީ މިދިޔަ އޭޕްރީލް މަހު ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓްގައި އެ މައްސަލަ ހައްލު ނުވުމުން ޝަރީއަތުން ގޮތެއް ނިންމުމުގެ މަރުހަލާ ވަނީ ފަށައިފަ އެވެ.
ނަމަވެސް އެ މަރުހަލާ ފެށިފަހުން ދައުލަތުން ބޭނުންވެގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ ޝަރީއަތުން ބޭރުން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށް އަންގައިފަ އެވެ. އެކަމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ވެސް މިހާރު ވަނީ އެއްބަސްވެ ސަރުކާރާ އެކު ބައްދަލުވުންތައް ވެސް ފަށައިފަ އެވެ.
އެނގިފައިވާ ގޮތުގައި، އެސްޖޭ ކޮންސްޓްރަކްޝަނާއި އިސްލާމިކް މިނިސްޓްރީ ވަނީ ދެ ގަޑިއިރުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު އެ ބޭފުޅުންގެ ވިސްނުން ވެސް ހުރީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށެވެ.
އެކަމާ ގުޅޭގޮތުން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ކޯޓުން ބޭރުން އެ މައްސަލަ ހައްލުކުރުމުގެ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމުގެ އެއްވެސް މައުލޫމާތެއް މި ވަގުތު މީޑިއާ އަށް ހިއްސާ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާރުލް ޒިކްރާ"ގެ ނަމުގައި ޒިކްރާ މިސްކިތް 10 ބުރި އަށް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއިކުރީ ޖުލައި، 9، 2018 ގަ އެވެ. އެކަމަކު، ޔާމީންގެ ސަރުކާރުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ކުރިން ވިދާޅުވެފަ އެވެ.
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގާ މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދޭން ނިންމާފައި ވަނީ ސަރުކާރުންނެވެ. ޔާމީންގެ ސަރުކާރުން ވަނީ އެ ފައިސާ ވެސް އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފަ އެވެ.
އެސްޖޭގެ ބަދަލު: މިސްކިތަކަށް 35 މިލިއަން ރުފިޔާ؟
ޒިކުރާގެ މައްސަލަ ހައްލުކޮށް ހުޅުމާލޭގައި މިސްކިތެއް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
އެސްޖޭ އަތުން 30 މިލިއަން ރުފިޔާ ހޯދޭތޯ ބަލަނީ
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
ފުށިދިއްގަރު ފަރުގެ ޖޫރިމަނާގެ މައްސަލަ ކޯޓަށް
ޒިކުރާ މިސްކިތުގެ މައްސަލަ އަނބުރާ ގެންގޮސްފި
މުދަލާއި ފައިސާ ހޯދުމުގެ ދައުވާއެއް އަދި ނުލިބޭ: އޭޖީ
އެސްޖޭން އެދުނު ގޮތަށް ހައި ކޯޓުން އަމުރެއް ނުލިބުނު
އެސްޖޭއަށް 111 މިލިއަނުގެ ބަދަލު ދޭކަށް ނުޖެހުނު