Roadha Mihaaru
އަބުރު ނަގާލި ކަމަށް ބުނެ ޕެރޭޒް ކޯޓަށް

އަބުރު ނަގާލި ކަމަށް ބުނެ ޕެރޭޒް ކޯޓަށް

15 ޖުލައި 2021

މެޑްރިޑް (ޖުލައި 15) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒްގެ އަބުރު ނަގާލި ކަމަށް ބުނެ އޭނާގެ އޯޑިއޯތައް ލީކުކޮށްލި ނޫސްވެރިޔާ އަދި ނޫހާ ދެކޮޅަށް ދައުވާ ކުރަން ޕެރޭޒް ނިންމަވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޑްރިޑް (ޖުލައި 15) - ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒްގެ އަބުރު ނަގާލި ކަމަށް ބުނެ އޭނާގެ އޯޑިއޯތައް ލީކުކޮށްލި ނޫސްވެރިޔާ އަދި ނޫހާ ދެކޮޅަށް ދައުވާ ކުރަން ޕެރޭޒް ނިންމަވައިފި އެވެ.

ޕެރޭޒްގެ އޯޑިއޯތައް ލީކުކުރީ ސްޕެއިންގެ ޖާނަލިސްޓް ހޯޒޭ އެންޓޯނިއޯ އެބޭލަން އެވެ. ޕެރޭޒް 2006 ގައި އޭނާއާ ޕްރައިވެޓްކޮށް ދައްކާފައިވާ އޯޑިއޯތައް ލީކުކޮށްލީ ސްޕެއިންގެ އެލް ކޮންފިޑެންޝަލް ނޫސް މެދުވެރިކޮށެވެ.

އޯޑިއޯތަކުގައި ޕެރޭޒް ވަނީ ރެއާލްގެ ކުރީގެ ކުޅުންތެރިންނާއި ކޯޗުންނަށް މަލާމާތް ރައްދުވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. ޕެރޭޒްގެ އޯޑިއޯތައް އަމާޒުކުރި ކުޅުންތެރިންނަކީ، ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ރައުލް ގޮންޒާލޭޒް، އިކާ ކަސިއަސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރެއާލްގެ ކުރީގެ ދެ ކޯޗުން ކަމަށްވާ، ވިންސެންޓޭ ޑެލްބޮސްކޭ އަދި ހޮސޭ މޮރީނިއޯ އަށް ނިސްބަތްކޮށް ޕެރޭޒް ވާހަކަ ދައްކަވާފައިވެ އެވެ.

އެލް ކޮންފިޑެންޝަލް ނޫހުން، ވަނީ ޕެރޭޒްގެ ހަތަރު އޯޑިއޯއެއް ލީކު ކޮށްލައިފަ އެވެ. އެ ނޫހާއި ނޫސްވެރިޔާއާ ދެކޮޅަށް ޕެރޭޒް ދައުވާ ކުރަން ހުށަހަޅަނީ އޭނާގެ ޕްރައިވެސީ އަށް އަރައިގެންފައިވާ މައްސަލަ ފާހަގަކުރަމުންނެވެ. އަދި އޭނާ އަބުރު ގެއްލުވާލި މައްސަލަ ވެސް އޭނާ ފާހަގަކުރެ އެވެ.

ލީކުކޮށްލި އޯޑިއޯތަކާ ގުޅިގެން ޕެރޭޒްގެ ފަރާތުން ރެއާލް މެދުވެރިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ އަމަލުތަކަކީ ޔޫރަޕިއަން ސުޕަ ލީގު ހަދަން އުޅޭތީ އޭނާގެ އަގުވައްޓާލުމުގެ ގޮތުން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އެކަމަކު ހަގީގީ ކުލަ ނުޖެހެނީސް ޔޫރަޕިއަން ސުޕަ ލީގުގެ ޕްރޮޖެކްޓް ވަނީ ފެއިލްވެފަ އެވެ.