މިހާތަނަށް އުފެއްދި ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި އަންގާރަ ދުވަހު ދައްކާލައިފި އެވެ.
23 ޖުލައި 2021
މިހާތަނަށް އުފެއްދި ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި އަންގާރަ ދުވަހު ދައްކާލައިފި އެވެ.
ޗައިނާގެ ގިންޑާއޯ ސިޓީގައި ތައާރަފުކުރި ރޭލަކީ ގަޑިއަކު 600 ކިލޯމީޓަރު (373 މޭލު) ގެ ރާސްތާއަކަށް ދަތުރުކުރާ އެއްޗެކެވެ.
މި މެގްލެވް ބްލެޓް ޓްރެއިން ނުވަތަ "މެގްނެޓިކް ލެވިޓޭޝަން" އަކީ ޗައިނާގެ ސަރުކާރުގެ ކުންފުނި ޗައިނާ ރެއިލްވޭ ރޯލިން ސްޓޮކް ކޯޕަރޭޝަން (ސީއާރްސީސީ) ގެ އުފެއްދުމެކެވެ. އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަދި ޗީފް އިންޖިނިއަރު ލިއަންގް ޖިއަނީން ވިދާޅުވީ ދުވެލި ހަލުވި ރޭލަކީ ނޮއިސް ޕޮލިއުޝަން ހައްލުކޮށްދިނުމުގެ އިތުރުން ހައި ސްޕީޑް އެހެން ރޭލުތަކާ ހިލާފަށް މަރާމާތުކޮށް ބަލަހައްޓަން ވެސް ވަރަށް ހަރަދު ކުޑަ އެއްޗެއް ކަމަށެވެ.
ޗައިނާ އިން ފުރަތަމަ މެގްލެވް ބްލެޓް ޓްރެއިންގެ ޕްރޮޓޯޓައިޕް ދައްކައިލީ 2019 ގަ އެވެ. އޭރު ބުނެފައި ވަނީ އަމާޒަކީ ހުރިހާ މެޓްރޮޕޮލިޓަން ސަރަހައްދުތައް ތިން ގަޑިއިރުގެ ރޭލު ދަތުރަކުން ގުޅައިލުން ކަމަށެވެ.
ޗައިނާ އަކީ ދުވެލި ބާރު ރޭލުތަކަށް ވަރަށް ބޮޑަށް އިސްކަންދޭ ގައުމެކެވެ. އެ ގައުމުގައި ރޭލު ދަތުރުގެ އެވްރެޖް ސްޕީޑް އާންމުކޮށް އުޅެނީ ގަޑިއަކު 350 ކިލޯމީޓަރުގަ އެވެ. އެކަމަކު ވައިގެ މަގުން ނަމަ އެވްރެޖް ސްޕީޑަކީ ގަޑިއަކު 800-900 ކިލޯމީޓަރެވެ.
ޗައިނާ އިން މިހާރު ވެސް ނަނީ މެގްލެވް ބްލެޓް ޓްރޭން ކަހަލަ އިތުރު ރޭލު ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޝަންހާއީ އާއި ހަންގްޒޫ އަދި ޗެންޑޫ އާއި ޗޮންގިން ގުޅުވައިދޭ ނެޓްވޯކް ހިމެނެ އެވެ.
ޝޯމީން އަހަރަކު 300،000 ކާރު އުފައްދާނެ
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
އިންޓަނެޓް ކުންފުންޏަކުން އިލެކްޓްރިކް ކާރު އުފައްދަނީ
ރަޝިއާގައި ރޭލު ދުއްވަން އަލުން އަންހެނުން
ޗައިނާ އަށް ކަނޑުއަޑީގެ ރޭލު ވިއުގައެއް
މުއްދަތު ހަމަވިއިރު ވެހިކަލްތަކުގެ ޒޯން ބަދަލެއް ނުވި
އުމުރު ހަމަވި އުޅަނދުތައް ރަޖިސްޓްރީކުރަން މުއްދަތެއް
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
މިދިޔަ އަހަރު 15،500 އެއްހާ ސައިކަލް އެތެރެކުރި