30 ނޮވެމްބަރ 2021
ޗައިނާގެ ކުންފުނި ޝޯމީން އިލެކްޓްރިކް ކާރު އުފައްދަން ހަދާފައިވާ ކުންފުނި، ޝޯމީ އީވީ ކޮމްޕެނީ ލިމިޓެޑުން ހަދާ ފެކްޓްރީން އަހަރަކު 300،000 ކާރު އުފައްދާނެ ކަމަށް ބުނެފި އެވެ.
ޗައިނާގެ ކުންފުނި ޝޯމީން އިލެކްޓްރިކް ކާރު އުފައްދަން ހަދާފައިވާ ކުންފުނި، ޝޯމީ އީވީ ކޮމްޕެނީ ލިމިޓެޑުން ހަދާ ފެކްޓްރީން އަހަރަކު 300،000 ކާރު އުފައްދާނެ ކަމަށް ބުނެފި އެވެ.
އެ ކުންފުނިން މިކަން އިއުލާންކޮށް ބުނީ ކާރު އުފައްދަން ހަދާ ބިޔަ ފެކްޓްރީގެ މަސައްކަތް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އަދި ކުންފުނީގެ ހެޑްކުއާޓަރާއި ސޭލްސް އެންޑް ރިސާޗް އޮފީސްތައް ހަދަން ނިންމާފައި ވަނީ ވެރިރަށް ބެއިޖިންގެ އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ޑިވެލޮޕްމަންޓް ޒޯން ނުވަތަ ބެއިކިން އީ-ޓައުންގައި ކަމަށް ބުންޏެވެ.
ޝޯމީގެ މި މަސައްކަތްތައް ކުރިއަށް ގެންދަން ސަރުކާރުން ވެސް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެ ޗައިނާގެ މީޑިއާތަކުން ބުންޏެވެ.
ސްމާޓްފޯނުގެ ވިޔަފާރިގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން އެމެރިކާގެ އެޕަލް ތިނެކަށް ވައްޓާލައި ދެވަނާގައި އޮއްވައި މިދިޔަ ހަފުތާގައި ދެވަނަ މަގާމުން ތިނެކަށް ސޮއްސައިލި ޝޯމީން ބުނެފައިވާ ގޮތުގައި އަމާޒަކީ ކުންފުނިން އީވީ އުފެއްދުމުގެ މާސް ޕްރޮޑަކްޝަން 2024 ގައި ފެށުމެވެ.
ޝޯމީގެ އީވީގެ މަސައްކަތަށް މިހާރު ވެސް ގިނަ އަދަދެއް މުވައްޒަފުން ނަގައި، އެކަމާ ގުޅޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އަދި އެ ކުންފުނީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 10 ބިލިއަން ޑޮލަރު ކާރު ކުންފުންޏަށް އިންވެސްޓް ކުރާނެ އެވެ.
ޝޯމީން އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރި އަށް ނުކުންނަން ނިންމިކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ޝޯމީ ވެސް އިލެކްޓްރިކް ކާރު އުފައްދަން ކުންފުންޏެއް
އެޕަލްގެ ކާރަށް ބެޓެރި ހޯދަން ޗައިނާ އަށް
ޝޯމީން އިލެކްޓްރިކް ވެހިކަލްގެ ވިޔަފާރި އަށް
އިންޓަނެޓް ކުންފުންޏަކުން އިލެކްޓްރިކް ކާރު އުފައްދަނީ
އީވީ އުފެއްދުމުގައި ޓެސްލާ ވައްޓާލަން ޖެނެރެލް މޮޓޯސް
ސޮނީން މި އަހަރު އިލެކްޓްރިކް ކާރު ނެރޭނެ
ޓޮޔޮޓާގެ އީވީ އަށް 35 ބިލިއަންގެ އިންވެސްޓްމަންޓެއް
އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ
ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި
ފެކްޓްރީ ހަދަން ރަޝިއާ އިން ޓެސްލާ އަށް ދައުވަތު