މިހާރު ކުރިއަށް ގެންދާ ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ހަރަކާތްތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އެޗްޑީ ކޮލިޓީގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
25 ޖުލައި 2021
މިހާރު ކުރިއަށް ގެންދާ ޓޯކިޔޯ އޮލިމްޕިކްސް 2020ގެ ހަރަކާތްތައް ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އެޗްޑީ ކޮލިޓީގައި ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުން އޮލިމްޕިކްސްގެ ކުޅިވަރުތައް ދައްކާނީ ސޮނީ ސިކްސް އާއި ސޮނީ ޓެން 2 އެޗް.ޑީ އަދި ޔޭސް ޓީވީ މެދުވެރިކޮށެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭގެ ހަތަރު އެތްލީޓަކު ވާދަކުރާއިރު އޭގެ ތެރޭގައި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު އަދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވެސް ހިމެނެ އެވެ.
ދިރާގުން ވަނީ ސާއިދާއި އެހެން އެތުލީޓުންނަށް ކާމިޔާބީއަށް އެދި ހިތްވަރު ދީފަ އެވެ.
All the best to the talented Maldivian ?? athletes and as well as our brand ambassador @saaidkalhey competing in #Tokyo2020 Olympics! ??
— Dhiraagu (@Dhiraagu) July 24, 2021
? @nocmaldives pic.twitter.com/0BtD2p4ZAd
އޮލިމްޕިކްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް މަރުހަބާ ކިޔައި ދިރާގުން ކުރި ޓްވީޓް--
މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ހިމޭނޭ ދިރާގު ޓީވީ މެދުވެރިކޮށް އެޗްޑީ ކޮލިޓީގައި އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ، އެއް ޔޫސާ ނޭމް އަދި ޕާސްވޯޑެއް ބޭނުންކޮށްގެން ޓީވީ ބަލައިލެވޭނެ އެވެ. އެހެންކަމުން ދިރާގު ޓީވީގެ ކަސްޓަމަރުންގެ ތެރެއިން ބޭސިކް ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮލިމްޕިކް ގޭމްތައް ބަލައިލެވޭނެ އެވެ.
ދިރާގު ޕްލޭ އެޕް މެދުވެރިކޮށް، ޖީއެސްޓީ ނުލައި މަހަކު އެންމެ 65ރ. ދައްކައިގެން މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ޗެނަލްތައް ފޯނު ފަދަ ޑިވައިސްތަކުން ކޮންމެ ތަނެއްގައި ހުރެ ވެސް ބަލައިލެވޭނެ އެވެ. ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ ބޭނުން ކުރަން އިތުރު ޑޭޓާ ހަރަދެއް ނުދާނެ އެވެ.
ދިރާގުން ބުނިގޮތުގައި، އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ ކޮންޓެންޓާއި އޮފާތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދީ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށެވެ.
އޮލިމްޕިކްސްގައި ނަތީޖާ ގޯހެއް ނޫން: ތޮލާލް
ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިފި
17 އަހަރަށް ފަހު ބަލިވުމުން އެމެރިކާއަށް ބޮޑު ޝޮކެއް
ހަނގުރާމައިގެ ތެރެއިން އޮލިމްޕިކުގެ ޒުވާން އެތުލީޓު
ދިރާގު 3X3 ޗެލެންޖު މާދަމާ ފަށަނީ!
ދިރާގު ގޭމާސް ގިލްޑުގެ ގޭމިން މުބާރާތެއް އައްޑޫގައި
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް