Roadha Mihaaru
"ލޭހުއްދަކުރަން ގޮވާލާ މީހުންނާ ދެކޮޅަށް ތެދުވާންޖެހޭ"

ލޭ ހުއްދަކުރަން ގޮވާލާ މީހުންނާ ދެކޮޅަށް ފާޅުގައި ތެދުވާން ޖެހޭ: ރައީސް

26 ޖުލައި 2021

އިސްލާމް ދީނަކީ، ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމަށް ދެކިގެން، އެ ވިސްނުން ފަތުރައި އާންމު ކުރަން ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރާ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ކޮންމެ މީހަކު، އެ ކަމާ ދެކޮޅަށް ފާޅުގައި ތެދުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަކީ، ހައްގަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއް ކަމަށް ދެކިގެން، އެ ވިސްނުން ފަތުރައި އާންމު ކުރަން ދިވެހިންގެ ތެރެއިން ބަޔަކު ވަރަށް ފާޅުގައި މަސައްކަތްކުރާ ކަމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އެދޭ ކޮންމެ މީހަކު، އެ ކަމާ ދެކޮޅަށް ފާޅުގައި ތެދުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 56 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ބައިނަލްއަގްވާމީ މުޖުތަމައުން، ވަކިން ހާއްސަކޮށް ބައެއް އިސްލާމީ ގައުމުތަކުން ފެންނަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ އަސްލަކީ، ހަރުކަށި ފިކުރީ އޮއިވަރަށް އެ ގައުމުތަކުގައި ޖާގަ ދީފައި އޮތުން ކަމަށެވެ.

"އެ އިން ކޮންމެ ގައުމެއްގައި ވެސް އެންމެ ފުރަތަމަ އުފެދުނީ، އެއް ބަޔަކު އަނެއް ބައެއްގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުމުގެ އަމަލުތައް. އޭގެ ފަހުން ފެންނަން ފެށީ، އެކިއެކި ފަރާތްތަކުގެ ނުފޫޒު ފެތުރެން ފެށި މަންޒަރު. މިއަދު އެއިން ކޮންމެ ގައުމަކީ މިނިވަންކަމާއި ސުލްހަޔާއި ހަމަޖެހުން ގެއްލިފައި އޮތް ގައުމެއް،" ދީނީ ހަރުކަށި ފިކުރު ފަތުރަމުންދާ ގައުމުތަކުން މިސާލު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކު ވެސް އިސްކަން ދޭންޖެހޭނެ ކަމެއް. މިއީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ،" ---ރައީސް

އެ މަނިކުފާނު ވިދާޅުވިގޮތުގައި، އިސްލާމް ދީނުގެ ނަމުގައި، ދިވެހިންގެ ތެރޭގައި ފަތުރަމުންދާ ހަރުކަށި ފިކުރުތަކާއި ހައްދުފަހަނައެޅުމުގެ އަމަލުތަކަކީ، އެއްވެސް ގޮތަކުން އެ ދީނާ ގުޅުމެއް ނެތް ބާތިލު ކަންތައްތަކެކެވެ. އަދި އެއީ އެއްވެސް ހަމައަކުން ބަލާއިރު، އިސްލާމް ދީނުގެ އަހުލާގީ ހަމަތަކާއި ދީނީ އުސޫލުތަކާ ގުޅުމެއް ހުރި ފިކުރުތަކެއް ނޫން ކަމަށާއި އިންސާނީ ހަމަ ބުއްދިން ވިސްނާއިރު ވެސް އިންސާނީ މުޖުތަމައެއްގައި ފަތުރަން ހެޔޮވާ ވަރުގެ ފިކުރުތަކެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ހިތާބުގައި ވަނީ، ދީނީ ގޮތުން ހަރުކަށި ފިކުރާއެކު، އިސްލާމް ދީނަށް އިހާނެތި ވުމާއި ފުރައްސާރަކުރުމުގެ އަމަލުތައް އިތުރުވާތީ އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ރައީސް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ މުޖްތަމައު ބައިބައިކޮށް ފަސާދަ އަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި އަމަލުތަކެއް ކަމަށެވެ.

"އެހެންކަމުން، މީހުންގެ މެދުގައި އަނެކުންނާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ހިންގާ އަމަލުތަކާއި އިސްލާމް ދީނަށް އިހާނެތިކުރުމުގެ އަމަލުތައް ހުއްޓުވުމަކީ، ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދަކު ވެސް އިސްކަން ދޭންޖެހޭނެ ކަމެއް. މިއީ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި އޮވެގެން ނުވާނެ އިޖުތިމާއީ ވަރަށް ބޮޑު ދެ މައްސަލަ،" ރައީސް ވިދާޅުވި އެވެ.

މުޖުތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ގައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. އެފަދަ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައްޖެ ނަމަ، ގައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ."--- ރައީސް

އެކަމަކު، އެ މަނިކުފާނުގެ ވިސްނުންފުޅުގައި އެ ދެ މައްސަލައިގެ ހަމައެކަނި ހައްލަކީ ގާނޫނީ ފިޔަވަޅުތަކެއް ނޫނެވެ ނޫނެވެ. ދާއިމީ ހައްލަކީ ރައީސް ވިދާޅުވިގޮތުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމާއި ތުއްތު ކުދިންގެ ޅަފަތުން ފެށިގެން، އެ ދީނުގެ ސައްހަ އަގީދާގެ މަތީގައި އެ ކުދިންގެ ދިރިއުޅުން ބިނާކޮށްދިނުމެވެ،

"ކޮންމެވެސް ދުވަހަކުން އަނެއްކާވެސް، މި ދެ މައްސަލަ ކުރިމަތިވާން ފަށާނެ. އެހެންކަމުން ތައުލީމީ ނިޒާމުގެ ތެރެއިން، މިކަން ހައްލުކުރެވެން ހުރި ގޮތްތަކަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

"މުޖުތަމައު ބައިބައިކުރާ މިފަދަ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައި އޮތްހާ ހިނދަކު، ގައުމުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ވެސް އޮންނާނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި. އެފަދަ ހާލަތަކަށް ގައުމުގެ ކަންކަން ހިނގައްޖެ ނަމަ، ގައުމަށް ކުރިމަތިވާ އެހެނިހެން ބޮޑެތި ކަންކަމުން އަރައިގަތުމުގައި ވެސް ދަތިތަކެއް ކުރިމަތިވާނެ."

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރޭ މައްސަލަ އާއި އިސްލާމްދީނަށް ފުރައްސާރަ ކުރާތީ، އެކަމުގެ ކަންބޮޑުވުން ރައީސް މިއަދު ފާޅުކުރެއްވިއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލައިގެ ފަހަތުގައި ތިބީ ނަޝީދުގެ ލޭ ހުއްދަ ވެފައިވާ ކަމަށް ގަބޫލުކުރާ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި ނަޝީދަކީ މުރުތައްދު ވެފައިވާ އަދި އަވަހާރަ ކޮށްލަންޖެހޭ ބޭފުޅެކެވެ.