31 މެއި 2017
ހުޅުމާލޭގައި އެސްޓީއޯ އިން ހަދާ ހޮޓާ ވިއްކާލާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް މިހާރު ނިންމާފައި ވަނީ އަނެއްކާވެސް އެ ހޮޓާ ބަޔަކާ ގުޅިގެން ހިންގަން ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ހުޅުމާލޭގައި އެސްޓީއޯ އިން ހަދާ ހޮޓާ ވިއްކާލާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް މިހާރު ނިންމާފައި ވަނީ އަނެއްކާވެސް އެ ހޮޓާ ބަޔަކާ ގުޅިގެން ހިންގަން ކަމަށް އެ ކުންފުނިން ރޭ ބުނެފި އެވެ.
ދަރުބާރުގޭގައި ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ހުޅުމާލޭގައި ހަދާ 250 އެނދުގެ ހޮޓާ ވިއްކާލަން ނިންމުމުން އެތައް ބަޔަކު ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ޖޮއިންޓްވެންޗާ އުސޫލުން ބަޔަކާ ގުޅިގެން އެ ތަން ހިންގަން ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކާ ގުޅިގެން ޝަހީރު އޭރު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ ހުރިހާ ކަމެއް ނިންމުމުގެ މަރުހަލާގައިވާ ކަމަށެވެ. އަދި ގާތްގަނޑަކަށް 60 ޕަސެންޓް ނިމިފައިވާ ހޮޓާ ވިއްކާލުމުގެ ކަންތައް ނިންމައި ވަރަށް އަވަހަށް އާއްމު ހިއްސާދާރުންނަށް އެކަން އަންގަވާނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އެސްޓީއޯއިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް (ވ) އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު (މ)ގައި.---ފޮޓޯ: ނިޝާން އަލީ /މިހާރު
"އެ އިންވެސްޓްމަންޓް ވިއްކާލަން އަޅުގަނޑުމެން ވަރަށް ގިނަ ފަރާތްތަކާ ވާހަކަ ދެއްކިން. އެގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ އާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ ވާހަކަ ދެއްކެވި އެ ފަރާތްތަކުގެ އެޑްވައިސްއާ އެކު އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ ޖޭވީ މޮޑެލްއަކަށް ދާން،" ޝަހީރު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮޓަލުގެ ކަންތައްތައް ކުރިޔަށް ގެންދަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ހޮޓާ ހުޅުވޭނެ ކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.
އެސްޓީއޯ އިން ކުރިން ނިންމާފައި އޮތީ 2014 ވަނަ އަހަރުގެ ފަހުކޮޅު އެ ހޮޓަލުގެ މަސައްކަތް ނިންމުމަށް ފަހު، އެމެރިކާގެ މަޝްހޫރު ކާލްސަން ގްރޫޕާ ހަވާލުކޮށްގެން އެ ކުންފުނީގެ "ރެޑިސަން ބްލޫ" ބްރޭންޑްގެ ފަސް ތަރީގެ ހޮޓަލެއް ހިންގާ ގޮތަށެވެ.
ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ނުނިމި އެވެ.
ހޮޓަލުގެ މަސައްކަތް ނިންމަން ތައި އެގްޒިމް ބޭންކުން 30 މިލިއަން ޑޮލަރުގެ ލޯނެއް އެސްޓީއޯ އިން ނެގިއިރު، އެތަނުގެ ކޮންކްރީޓް މަސައްކަތް މުޅިން ނުނިމެ އެވެ. އަދި 2014 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް މަޑު ޖެހުނުއިރު، ސްޓްރަކްޗަރަލް މަސައްކަތް ނިމި އިމާރާތް ނިންމުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ. އެތަނުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ކުރިޔަށް ގެންދެ އެވެ.
އެސްޓީއޯ ހޮޓާ ގަންނަން ތިން ފަރާތަކުން ޝައުގުވެރިވެއްޖެ
އެސްޓީއޯއިން 393 މިލިއަން ރުފިޔާ އިންވެސްޓްކުރި
އެސްޓީއޯގެ ދެ ޓަވަރުގެ އަގު 27 މިލިއަން ޑޮލަރު
އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް ހުޅުމާލޭގައި ހުޅުވައިފި
އެސްޓީއޯގެ ހުޅުމާލޭ ހޮޓާ ވިއްކާލަން ނިންމައިފި
އެސްޓީއޯ ހޮޓެލްގެ އެއްބައި މީޑިއާތަކަށް ދެނީ
އެސްޓީއޯގެ ހިއްސާއަކަށް 80ރ. ބަހަން ނިންމައިފި
އެސްޓީއޯއިން ފައިދާގެ ގޮތުގައި 80ރ. ބަހަން ހުށަހަޅަނީ
އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރުގެ ހިދުމަތް
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް