ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.
03 އޯގަސްޓް 2021
ރާއްޖޭގެ އެންމެ ފުރަތަމަ ޗައިލްޑް ނިއުޓްރިޝަން ކްލިނިކް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.
މި ކްލިނިކަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި ހާއްސަކޮށް ކުޑަކުދިން ހެދިބޮޑުވުމުގައި ދުޅަހެޔޮ ކެއިން ބުއިމުގެ އާދަތަކަށް އަހުލުވެރިކޮށް އެކަމަށް ހާއްސަ ޑޮކްޓަރުންގެ ލަފާ ލިބޭނެ މަގެއް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި ކްލިނިކެއް ކަމަށް އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާންގައި ބުނެފައި ވެއެވެ.
އެގޮތުން މި ކްލިނިކުގައި ގަވާއިދުން ހެލްތު ސްކްރީންކުރުމާއި ނިއުޓްރިޝަން ކައުންސިލިންގެ ހިދުމަތުގެ އިތުރުން ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަށް ފަރުވާ ހޯދުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ހެލްތު މިނިސްޓްރީ އާއި ޔުނިސެފްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން ދަށުގައި ހުރި ކުދިންނެވެ. އަދި 22 ޕަސެންޓު ކުދިންނަކީ ހުންނަންވާ މިންވަރަށް ވުރެ ބަރުދަން އިތުރު ނުވަތަ ފަލަބަލީގެ ކުދިންނެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކުގެ އަމާޒަކީ މި ފަދަ ސިއްހީ މައްސަލަތަކުން ކުޑަކުދިން ދުރުކޮށް، ސިއްހީ ގޮތުން ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުން ކަމަށެވެ. އަދި އެ ކުދިންގެ ކެއުމުގެ އާދަތައް ދެނެގަނެ ސިއްހީ ގޮތުން ރައްކާތެރި އަދި ދުޅަހެޔޮ ގޮތްތަކެއް ކުދިންނަށާއި އެ ކުދިންގެ އާއިލާ އަށް ހިއްސާކޮށްދިނުން ކަމަށެވެ.
މި ކްލިނިކުގެ ތެރެއިން ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖަކަށް ހާއްސަކުރެވިގެން ކެއުމުގެ ކަންކަން ބަހައްޓާނެ ގޮތުގެ އިރުޝާދާއި މައުލޫމާތު ލިބޭނެ އެވެ. އަދި މީގެ އިތުރުން އަލަށް އުފަންވާ ކުދިންގެ ކާނާ އާއި އެ ކުދިންނަށް ކާން ދިނުމުގައި އަމަލުކުރަންވީ ގޮތުގެ ސެޝަންތައް ވެސް ނަގައިދެވިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ އެވެ.
މި ކްލިނިކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 3351610 ގުޅުމުން ލިބޭނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް [email protected] އަށް އީމެއިލް ކުރެވޭނެއެވެ.
ޓްރީ ޓޮޕުން ކުޑަކުދިންގެ ހެލްތު ސްކްރީން ކުރާ ޕެކޭޖު
އަންހެނުންނާއި ކުޑަކުދިންގެ ސެންޓަރެއް ޓްރީޓޮޕްގައި
ކުދިންނަށްދޭ ފޯމިއުލާއަކުން ޖަރާސީމު ފެނިގެން މަނާކޮށްފި
ޓްރީޓޮޕްއިން "ވެލް މޭލް ޕެކޭޖް" އިން ޑިސްކައުންޓް
ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕްގެ ސިއްހީ މައުލޫމާތު
ޓްރީ ޓޮޕުން ހިލޭ އެމްއާރުއައި ހެދޭ ކެމްޕެއިނެއް
ރޯޑް ރޭހުގެ މެޑިކަލް ސަޕޯޓް ފޯރުކޮށްދިނީ ޓްރީޓޮޕްއިން
ތިން ބައްޔަކާ ދެކޮޅަށް ރާއްޖެއަށް ބޮޑު ކާމިޔާބީއެއް
ޓްރީޓޮޕުން މުލީގައި ހެލްތު ކޭމްޕެއް ބާއްވަނީ
ހިތުގެ ބަލިތަކަށް ހާއްސަ ކެމްޕެއިނެއް ޓްރީ ޓޮޕްގައި