Roadha Mihaaru
އަންހެނުންނާއި ކުޑަކުދިންގެ ސެންޓަރެއް ޓްރީޓޮޕްގައި

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރެއް ޓްރީ ޓޮޕްގައި ހުޅުވައިފި

17 އޮކްޓޯބަރ 2021

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސެންޓަރެއް އިއްޔެ ހުޅުވައިފި އެވެ.

ހުޅުމާލޭގައި ހިންގާ އެ ހޮސްޕިޓަލުގެ ތިންވަނަ ބުރީގައި މި ސެންޓަރު ހުޅުވިއިރު، ޓްރީ ޓޮޕްގައި މަސައްކަތްކުރާ އަންހެނުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތާ މެދު އާންމުންގެ ހިތްހަމަ ޖެހުން ވަރަށް ބޮޑެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރުގައި 13 ކޮންސަލްޓޭޝަން ކޮޓަރި އާއި ބޭބީ ނާސަރީއަކާއި ތުއްތު ކުދިންނަށް ގާތުން ދިނުމަށް ހާއްސަ ކޮޓަރިއަކާއި އަލްޓްރާ ސައުންޑް ހިދުމަތްދޭ ކޮޓަރިއަކާއި ފޮޓޯ ތެރަޕީ ޔުނިޓަކާއި ވައިޓަލްސް ބަލާ ކޮޓަރިއެއް ހުންނާނެ އެވެ. މިއީ ކުޑަ ކުދިންނާއި އަންހެނުންނަށް ހާއްސަ ހިދުމަތްތައް އެއްތަނަކުން ފޯރުކޮށްދީ، ފަސޭހައިން ހިދުމަތް ހޯދޭ ގޮތް ހަދައި ދިނުމަށް ހުޅުވި ސެންޓަރެއް ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރު ހުޅުވައި ޓްރީ ޓޮޕްއިން ކުރި ޕޯސްޓެއް--

މި ސެންޓަރުން "އިންޓަ ޔުޓެރިން އިންސެމިނޭޝަން" (އައިޔޫއައި) އާއި "އިންވީޓްރޯ ފާޓިލައިޒޭޝަން" (އައިވީއެފް) ގެ ހިދުމަތް ވެސް ކުރިމަގުގައި ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށް ޓްރީ ޓޮޕުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ އެ ތަން ހުޅުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ހިދުމަތްތަކެއް ތައާރަފު ކޮށްފަ އެވެ. ހިދުމަތް ދިނުމުގައި އެ ހޮސްޕިޓަލުން ބޭނުން ކުރަނީ އެންމެ ފަހުގެ ވަސީލަތްތަކެވެ.