03 އޯގަސްޓް 2021
ޓޯކިޔޯ (އޮގަސްޓް 3) - ޖަޕާންގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ފިރިހެނުންގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށް ސްޕެއިން ވާދަކުރަން ޖެހިއްޖެ އެވެ.
ޓޯކިޔޯ (އޮގަސްޓް 3) - ޖަޕާންގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ފިރިހެނުންގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލްއާ ދެކޮޅަށް ސްޕެއިން ވާދަކުރަން ޖެހިއްޖެ އެވެ.
މިއަދު ކުޅުނު ސެމީ ފައިނަލު މެޗުތައް ބްރެޒިލް އާއި ސްޕެއިން ކާމިޔާބު ކުރީ މެކްސިކޯ އާއި ޖަޕާން ބަލި ކުރުމަށް ފަހު އެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި، ބްރެޒިލް އިން މެކްސިކޯ ބަލި ކުރީ ޕެނަލްޓީ ޖަހައިގެން 4-1 އިންނެވެ. ލަނޑެއް ނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޝޫޓް އައުޓުގައި ބްރެޒިލް އިން ޖެހި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކުރި އެވެ. ބްރެޒިލްގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބު ކުރީ، ވެޓަރަން ޑިފެންޑަރު ޑެނީ އަލްވޭސް އެވެ. މެކްސިކޯގެ ފުރަތަމަ ދެ ޕެނަލްޓީ ފޮނުވާލި، ޔޯހާން ފިލިޕޭ ވްޒްކްއޭޒް އަދި އެޑްއާޑޯ އަގީރޭ އަށް ކާމިޔާބެއް ނުކުރެވުނެވެ.
ސްޕެއިން އަށް ލަނޑު ޖަހައިދިން މާކޯ އެސެންސްސިއޯ އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
ބްރެޒިލްގެ އަނެއް ތިން ޕެނަލްޓީ ކާމިޔާބު ކުރީ، އާސެނަލްގެ ގެބްރިއަލް މާޓެނެލީ އާއި ލިޔޯންގެ ބުރުނޯ ގިމަރޭޒް އަދި ރެއާލް މެޑްރިޑުގެ ލޯން އެއްބަސްވުމުގެ ދަށުން މިދިޔަ ސީޒަންގައި ބްރޯޝިއާ ޑޯޓަމަންޑަށް ކުޅުނު ރޭނިއާ ޖެސޫސް އެވެ.
ސެމީ ފައިނަލް ދެ ވަނަ މެޗުގައި ސްޕެއިން އިން ޖަޕާން ބަލި ކުރީ، އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ދެ ވަނަ ހާފުގައި މާކޯ އެސެންސިއޯ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ 90 މިނެޓް ނިމުނީ ލަނޑެއް ނުޖެހި އެވެ.
ބްރެޒިލް އާއި ސްޕެއިން ކުޅޭ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން ހަވީރު 4:30 ގަ އެވެ. ބްރޯންޒް މެޑަލް މެޗަށް ހުކުރު ދުވަހު ޖަޕާން އާއި މެކްސިކޯ ނުކުންނާނެ އެވެ.
ރޭސިޒަމްއާ ދެކޮޅު މެޗުން ޗެރިޓީއަށް ފައިސާއެއް ނެތް
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ބްރެޒިލުން މެޗެއް ކުޅެނީ
ބްރެޒިލްއާ ކުޅެން ޖެހުނަސް ސްޕެއިނުން ރިސްކެއް ނުނަގާނެ
ސްޕެއިން ބަލިކޮށް އޮލިމްޕިކް ގޯލްޑް ބްރެޒިލަށް
ނޭމާއާ އެކު ބްރެޒިލަށް މޮޅެއް، ސްޕެއިން އެއްވަރު
ސްޕެއިން ނޭޝަންސް ލީގުގެ ކުއާޓާ އަށް
ޕޯޗުގަލް އާއި ސްޕެއިން ނޭޝަންސް ލީގުގައި ހަމަޖެހިލައިފި
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ